ENGLISH
11 ޖެނުއަރީ 2026
މިއަހަރުތެރޭގައި ކުރިއަށް ގެންދާނެ މުހިންމު ހަރަކާތްތަކާއި ގުޅޭގޮތުން ދެ ވަޒީރުން މަޝްވަރާކުރައްވައިފި
11 ޖެނުއަރީ 2026
|
ދެ ވުޒާރާގެ ވަޒީރުން --
އިސްރަށްވެހިންނަށް އަމާޒުކޮށްގެން މިއަހަރުތެރޭގައި ކުރިއަށް ގެންދާނެ މުހިންމު ހަރަކާތްތަކާއި ގުޅޭގޮތުން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް، ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމްއާ ބައްދަލުކުރައްވާ މަޝްވަރާ ކުރައްވައިފި އެވެ.
މި ބައްދަލުވުމުގައި، ދެ ވުޒާރާ ގުޅިގެން އިސްރަށްވެހިންނަށް އަމާޒުކޮށްގެން މިއަހަރުތެރޭގައި ކުރިއަށް ގެންދާނެ މުހިންމު ހަރަކާތްތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައި ކަމަށް ދެ ވުޒާރާއިން ބުނެފައިވެ އެވެ.
އިސްރަށްވެހިންގެ ނާދީގައި ހިންގޭ ކޮންމެ ހަރަކާތަކީވެސް އިސްރަށްވެހިންގެ ޖިސްމާނީ، ނަފްސާނީ އަދި އިޖުތިމާއީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް އިންތިޒިމާކުރެވިގެން ކުރިއަށް ގެންދާ ހަރަކާތްތަކެކެވެ. އަދި މި ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި ޖަމުއިއްޔާ ޖަމާއަތްތަކާއި ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެމުން ގެންދާކަން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ފާހަގަކޮށްފައިވެ އެވެ.