ENGLISH
10 ޖެނުއަރީ 2026
ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ އަށް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް
09 ޖެނުއަރީ 2026
|
އިމިގްރޭޝަނުން ހިންގި ރެއިޑް އޮޕަރޭޝަންގެ ތެރެއިން.-- ފޮޓޯ: އިމިގްރޭޝަން
ރާއްޖޭގައި ޤަވާއިދާ ހިލާފަށް ވިޔަފާރިކުރަމުން އަންނަ ބިދޭސީން ބަލައި ފާސްކުރުމަށް ހިންގާ އޮޕަރޭޝަނުގައި އިތުރު އަށް ބިދޭސީއަަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ޓާސްކްފޯސްއިން ހިންގާ އޮޕަރޭޝަނުގައި މާލޭގައި ހިންގަމުންދިޔަ ފަސް ތަނެއް އިއްޔެ ބަލައި ފާސްކޮށް، އަށް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް ކުރިއަށް ގެންދާ ސިލްސިލާ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް ގިނަ އަދަދެއްގެ ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އަދި އެތައް ހާސް ބިދޭސީން ވަނީ ރާއްޖެއިން ފޮނުވާލައިފަ އެވެ.
އިމިގްރޭޝަނުން ހިންގި ރެއިޑް އޮޕަރޭޝަންގެ ތެރެއިން.-- ފޮޓޯ: އިމިގްރޭޝަން
ބިދޭސީން ހޯދުމުގެ އޮޕަރޭޝަންގެ ތެރެއިން "އަނދިރި" ފަރާތުގައި ހިންގަމުންދިޔަ ބިދޭސީ ނެޓްވޯކްތަކާއި ޤަވާއިދާ ޚިލާފު އެތައް ވިޔަފާރިތަކެއް ބަނީ ހުއްޓުވައިފަ އެވެ.
މީގެ އިތުރުން ރާއްޖޭގައި މޫލާފައިވާ ބޮޑު ތިން މައްސަލައެއް ޙައްލުކުރެއްވުމަށް ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނިގެން، ޤަވާއިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރިކުރާ ބިދޭސީން ހޯދައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ޤައުމީ ފެންވަރުގައި މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.
ޓާސްކްފޯސް އިން ކުރިއަށްގެންދާ މި އޮޕަރޭޝަންތައް ކުރިއަށް ގެންދަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓާއި ގުޅިގެންނެވެ.