ENGLISH
21 މާރިޗު 2026
ސްކޭމްގެ މައްސަލަތަކުގައި މިލިއަނަކަށްވުރެ ގިނަ ރުފިޔާ ފޭރިގެންފި
09 ޖެނުއަރީ 2026
|
ސްކޭމް ސެންޓަރުން އަންނަނީ ސްކޭމްތަކުގައި ގެއްލޭ ފައިސާ ހޯދުމަށް ގިނަ މަސައްކަަތްތަކެއް ކުރަމުން
އެންމެ މަޤްބޫލު
ހުސްވި ޑިސެމްބަރުމަހު އެކަނިވެސް މަކަރާއި ހީލަތުން އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ ފޭރިގަނެފައިވާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ހުސްވި ޑިސެމްބަރު މަހު ސްކޭމްގެ 179 މައްސަލަ ރިޕޯޓު ކޮށްފައިވެ އެވެ. އޭގެ ތެރެއިން 89 މައްސަލައެއްގައި ގެއްލުނު ފައިސާ އަނބުރާ ހޯދާފައިވާއިރު، 45 މައްސަލައިގައި ގެއްލުނު ފައިސާގެ ތެރެއިން ބައެއް ވަނީ ހޯދާފަ އެވެ.
ފުލުހުންނަށް ރިޕޯޓުކުރި ސްކޭމްގެ ބާވަތްތައް:
އީ-ކޮމާސް: 80 މައްސަލަ
ފިޝިން، ވިޝިން އަދި ޖޮބް ސްކޭމް: 16 މައްސަލަ
ކަރަންސީ އެކްސްޗޭންޖު: 31 މައްސަލަ
އޮޅުވާލައިގެން އެހެން މީހެއްގެ އަތުން ފައިސާ ހޯދި: 44 މައްސަލަ
އެހެނިހެން: 8 މައްސަލަ
ފުލުހުންގެ އެންޓި ސްކޭމްގެ ސެންޓަރުން އާންމުކޮށްފައިވާ މައުލޫމާތުތަކުން ދައްކާގޮތުގައި ސްކޭމްގެ މައްސަލަތަކުގައި އެންމެ ގިނައިން ބޭނުންކޮށްފައިވަނީ ފޯންކޯލާއި، އައިބޭއާއި، އޮންލައިންކޮށް މެސެޖު ކުރެވޭ މަންސަތަކާއި، ފިޝިންގ ލިންކުތަކުގެ އިތުރުން ފޭސްބުކް މާކެޓް ޕްލޭސް އެވެ.
ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވެ ތިބުމުގެ ގޮތުން އިތުބާރުކޮށް ފައިސާ ދިނުމުގެ ކުރިން އެ ފަރާތެއްގެ ސައްހަކަން އަބަދުވެސް ކަށަވަރުކުރުމަށާއި، ޒާތީ މައުލޫމާތު އެއްވެސް ގޮތަކަށް ހިއްސާނުކުރުމަށާއި އެޕްލިކޭޝަންތަކުގެ ޓޫ ފެކްޓަރ އޮތެންޓިކޭޝަން ހެދުމަކީ މިފަދަ މައްސަލަތަކުން ރައްކާތެރިވެ ތިބުމަށް އެޅިދާނެ މުހިންމު ފިޔަވަޅެކެވެ.
އަދި ސްކޭމަރުން ކާމިޔާބުވަނީ މިފަދަ މައްސަލަތަކުގައި ހަނުހުރުމުން ކަމަށްވާއިރު، މިފަދަ މައްސަލަތައް އަވަހަށް ފުލުހުންނަށް ރިޕޯޓްކުރުމަކީ ފައިސާ އަނބުރާ ހޯދުމަށް ފަސޭހަވެގެންދާނެ ކަމެކެވެ.
މަކަރާއި ހީލަތުގެ މައްސަލަތައް ރިޕޯޓުކުރުމަށް ނޭޝަނަލް އެމަރޖެންސީ ކޯލް ސެންޓަރު 911 ނުވަތަ 125 (އެކްސްޓެންޝަން 2020) އަށް ގުޅުއްވައި، ނުވަތަ [email protected]އަށް އީމެއިލް ކުރުމުން އެހީތެރިކަން ލިބިގެންދާނެ އެވެ.