ENGLISH
11 ޖެނުއަރީ 2026
ލ. ގަމު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު; ރިވެޓްމެންޓް މަސައްކަތް ނިންމައިފި
09 ޖެނުއަރީ 2026
|
ލ.ގަމު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށްދަނީ--ފޮޓޯ: އެމްޓީސީސީ
ލ. ގަމު ގޮނޑުދޮށް ހިމާޔަތްކުރުމާއި، މަޝްރޫއުގެދަށުން ރިވެޓްމެންޓް މަސައްކަތް ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.
އެމްޓީސީސީން ބުނީ މިހާރު ކުރިއަށް ދަނީ ގްރޮއިން ޕްރޮފައިލިން އާއި ބެކްފިލިންގެ މަސައްކަތް ކަމަށެވެ.
މި މަޝްރޫއުގެ ދަށުން، 360 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 310 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 2،501 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަ ޕޭވްމަންޓް ހެދުމާއި، ބްރިޖެއް ހެދުމުގެ އިތުރުން މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެ އެވެ.
މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 33.4 މިލިއަން ރުފިޔާއަށެވެ.