ENGLISH

10 ޖެނުއަރީ 2026

Advertisement

ތިން ރަށެއްގެ މަގު ހެދުމުގެ މަޝްރޫއު އާރުޑީސީއާ ހަވާލުކޮށްފި

09 ޖެނުއަރީ 2026

|

އާމިނަތު ނުޒްލާ

ތިން ރަށެއްގެ މަގުތައް ހެދުމުގެ މަޝްރޫއު ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން--ފޮޓޯ: އާރުޑީސީ

ރާއްޖޭގެ ރަށް ރަށުގެ މަގުތައް ޒާމާނީ ފެންވަރަކަށް ތަރައްޤީކުރުމުގެ މަޝްރޫއުގެ ދަށުން، ތިން ރަށެއްގެ މަގުތައް ހެދުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްފި އެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން  ސޮއިކުރެއްވީ ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިސްމާޢިލް ޙަމީދެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޡީމެވެ.

އާރުޑީސީއާ ހަވާލުކޮށްފައިވާ މަޝްރޫއުތަކަކީ، ގއ. ވިލިނގިލީގެ މަގު ހެދުމުގެ ތިން ވަނަ ފިޔަވައްސާއި، ހއ. އުލިގަމު އަދި ރ. މާކުރަތުގެ މަގުތައް ތަރައްޤީކުރުމުގެ މަޝްރޫއެވެ.

ސަރުކާރުން އަންނަނީ ރާއްޖޭގެ ރަށްތަކުގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. 

މީގެ އިތުރުން ރަށްރަށުގެ ތަރައްޤީގެ އެހެނިހެން މަޝްރޫއުތަކުގެ މަސައްކަތްތައް ވެސް އަންނަނީ ވަރަށް ހަލުވި ދުވެލީގައި ކުރަމުންނެވެ.

އާރުޑީސީން އަންނަނީ ރަށްރަށުގެ ތަރައްޤީގެ ގިނަ މަޝްރޫއުތަކެއްގައި، ބޮޑު ހިއްސާއެއް އަދާކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު