ENGLISH
09 ޖެނުއަރީ 2026
މަސް ދުވަހުން 104 މަސާޖު ޕާލާ ބަންދުކުރެވިއްޖެ: ރައީސް
09 ޖެނުއަރީ 2026
|
މިރޭގެ ހަފްލާގައި ރައީސް ވާހަކަފުޅު ދައްކަވަނީ --
ފާޙިޝް ކަންކަމާއި އެންމެހާ މުންކަރާތްތަކުން ދުރުވެފައިވާ މުޖްތަމަޢުއަކަށް ދިވެހި މުޖްތަމަޢު ހެއްދެވުމަށް ފައްޓަވާފައިވާ މަސައްކަތުގެ ދަށުން މަސް ދުވަަސްތެރޭ 104 މަސާޖު ޕާލާ ބަންދުކުރެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ހެންވޭރުގައި ކޮންގްރެސްް ޕާޓީން ހަދާފައިވާ އެ ޕާޓީގެ ރަސްމީ އޮފީސް ހުޅުވުމަށް މިރޭ ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދިވެހި މި މުޖްތަމަޢުއަކީ ފާޙިޝް ކަންކަމާއި އެންމެހާ މުންކަރާތްތަކުން ދުރުވެފައިވާ މުޖްތަމަޢުއަކަށް ހެއްދެވުމަށް އެމަނިކުފާނު ބޭނުންފުޅުވާ ކަމަށެވެ.
އެ މަޤްސަދުގައި ދައުލަތުގެ އިދާރާތަކުން ޚާއްސަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށާ މީގެ މަސް ދުވަސް ކުރީން ފެށި ޚާއްސަ މަސައްކަތްތަކުގެ ދަށުން މިހާތަނަށް 104 މަސާޖު ޕާލާ ބަންދުކުރެވިފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ މިއީ ވަރަށް ގިނަ އަދަދެއް ކަމަށެވެ. އެ އަދަދަށް މަސާޖުޕާލާތައް ހުރުމަކީ ކަންބޮޑުވާން ޖެހޭ އަދި ލަދުވެތިވާން ޖެހޭ ކަމެއް ކަމުގައި ވިދާޅުވި އެވެ.
ނަމަވެސް ބަޔަކަށް އެ ވިޔާނުދާ ވިޔަފާރި ހިންގުނީ މުޖްތަމައުގެ ތެރޭގައި ފުރުސަތު އޮތުމުން ކަމުގައި ވިދާޅުވެ ރައީސް ވަނީ މިކަންކަން ބަދަލު ކުރެވޭނީ ދިވެހި ހުރިހާ އަފްރާދުންގެ ވިސްނުމުގައި އެކަންކަން ބަދަލުކުރުމުގެ ޚިޔާލާތު ހުރެގެން ކަމުގައި ވިދާޅުވެފަ އެވެ.
"ޑިސެންބަރު ނުވަޔަކުން މިއަދުގެ ނިޔަލަށް އެއް މަސް ގާތްގަނޑަކަށް މިވީ. ވީއިރުގައި އެއްމަސްދުވަހުގެ ތެރޭގައި މި މާލެ ސިޓީން 104 މަސާޖު ޕާލާ ވަނީ ބަންދުކުރެވިފައި," ރައީސް ވިދާޅުވި އެވެ.