ENGLISH
19 އޭޕްރީލު 2025
ޖާގަލިބިފައިވާ އެންމެންނަށް ހައްޖަށް ދެވޭނެ: ޑރ. ޝަހީމް
05 ޑިސެމްބަރު 2024
|
އަންނަ އަހަރު ޙައްޖަށް ދިއުމަށް ޖާގަލިބިފައިވާ އެންމެންނަށް ހައްޖަށް ދެވޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު (ފޮޓޯ) ވިދާޅުވެއްޖެ އެވެ.
ޝަހީމް މިހެން ވިދާޅުވެފައިވަނީ ހައްޖު ލިސްޓާ ގުޅިގެން ބައެއް އާންމުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގަ އެވެ. އެގޮތުން މިއަހަރު އެ ލިސްޓުގެ ކިޔޫގެ ކުރީގައި ތިބި ބައެއް މީހުން މިހާރު ކިޔޫގެ ފަހަތަށް ޖެހިފައި ތިބި ކަމަށް ބުނެ ބައެއް ފަރާތްތަކުން އަންނަނީ ޝަކުވާ ކުރަމުންނެވެ.
އެކްސްގައި ކުރެއްވި ޕޯސްޓުގައި ޝަހީމު ވިދާޅުވީ 1446 ވަނަ އަހަރުގެ ހައްޖަށް ދިއުމުގެ ޖާގަ ހައްޖު ކޯޕަރޭޝަނުގެ ސިސްޓަމުގެ ތެރެއިން ލިބިފައިވާ އެންމެނަށް އަންނަ އަހަރު ހައްޖުވުމުގެ ފުރުސަަތު ލިބޭނެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
މި އަހަރުން ފެށިގެން ހައްޖަށް މީހުން ގެންދިއުމަށް ރާއްޖެއަށް ލިބޭ ހުރިހާ ކޯޓާއެއް ދިނުމަށް ނިންމާފައިވަނީ ހައްޖު ކޯޕަރޭޝަނަށެވެ. މި އަހަރު ސައުދީން ރާއްޖެއަށް ދިނީ 1،150 މީހުންގެ ޖާގަ އެވެ. ހައްޖު ކޯޓާ އިތުރުކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ހައްޖު ކޯޕަރޭޝަނަކީ ދިވެހިން ހައްޖާއި އުމްރާ އަށް ގެންދަން ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ.