ENGLISH

19 އޭޕްރީލު 2025

Advertisement

ކޮމަންޑޫގެ ގޮޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިންމައިފި

05 ޑިސެމްބަރު 2024

|

އެމް އެމް

ށ. ކޮމަންޑޫގައި ކުރިއަށްދާ ޝޯރ ޕްރޮޓެކްޝަން މަޝްރޫޢުގެ ރިވެޓްމަންޓް ކަރބް ސްޓޯންގެ މަސައްކަތް މުޅިން ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

އެމްޓީސީސީ އިން މި މަޢުލޫމާތު ހާމަކޮށްފައިވަނީ އެ ކުންފުނީގެ ރަސްމީ އެކްސްގައި ކުރި ޕޯސްޓެއްގަ އެވެ. މި ޕޯސްޓްގައި ބުނެފައިވަނީ ރިވެޓްމަންޓް ކަރބް ސްޓޯންގެ މަސައްކަތް 100 އިންސައްތަ ނިމިފައިވާ ކަމަށެވެ.

މީގެއިތުރުން، ކޮމަންޑޫ ބަނދަރު ރެކްޓިފިކޭޝަންގެ ވޭރިއޭޝަން ފާސްވުމާއެކު، އެ މަސައްކަތް ފެށުމަށް އަންނަނީ ތައްޔާރުވަމުން ކަމަށް އެމްޓީސީސީ އިން ހާމަކޮށްފައިވެ އެވެ.

އެމްޓީސީސީ އިން އިތުރަށް ބުނެފައިވާ ގޮތުގައި، މަތި ކޮމަންޑޫ ހިއްކުމުގެ މަޝްރޫޢުގެ ދަށުން ހިލަ ބޯލްޑަރ ރިވެޓްމަންޓްގެ މަސައްކަތްވެސް މިހާރު ވަނީ ނިމިފަ އެވެ. އަދި ޖިއޮބެގް ރިވެޓްމަންޓްގެ މަސައްކަތްތައް ފެށުމުގެ ތައްޔާރީތައްވެސް މިހާރު ދަނީ ކުރަމުންނެވެ.

މި މަޝްރޫޢަކީ ކޮމަންޑޫގެ ގޮނޑުދޮށް ހިމާޔަތްކޮށް، ރަށުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ދުޅަހެޔޮކަން އިތުރުކުރުމަށް ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. މި މަސައްކަތްތައް ނިމުމުން ރަށުގެ ގިރާ ސަރަޙައްދުތައް ހިމާޔަތްވެ، ރަށުގެ ރައްޔިތުންނަށް އިތުރު ޚިދުމަތްތަކެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު