ENGLISH
19 އޭޕްރީލު 2025
ބިންވެރިޔާ ސްކީމުގެ ދަށުން ހިލޭ ދޫކުރި ގޯތިތަކުގެ އަގު 5.4 ބިލިއަނަށް އަރާ
04 ޑިސެމްބަރު 2024
|
އެޗްޑީސީ ހެޑް އޮފީސް
ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ކުރިއަށް ގެންދިޔަ ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެއިން ހިލޭ ދޫކުރި ގޯތިތަކުގެ އަގު 5.4 ބިލިއަން ރުފިޔާއަށް އަރާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ޝަރުތު ހަމަވި 18،955 މީހުންނަށް ހުޅުމާލެ ދެ ވަނަ އަދި ތިން ވަނަ ފިޔަވަހިންނާއި ގުޅިފަޅު އަދި ގިރާވަރުފަޅުން ފުރަތަމަ ބުރުގައި 9،001 ގޯތި ދޫކުރުމަށް ނިންމައި، ގޯތި ލިބުނު މީހުންނަށް ރަޖިސްޓްރީ ދޫކުރި އެވެ. އެއީ ހުޅުމާލެއިން ދޫކުރި 1،351 ގޯއްޗާއި ގުޅިފަޅުން ދޫކުރި 2،218 ގޯތި އަދި ގިރާވަރު ފަޅުން ދޫކުރި 5،432 ގޯއްޗެވެ.
އެޗްޑީސީން ދޫކޮށްފައިވާ ބިންތަކަށް ކުލި ނުލިބޭ މައްސަލައިގައި މައުލޫމާތު ސާފުކުރުމަށް ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީއަށް އެ ކޯޕަރޭޝަނުގެ ބޭފުޅުން މިއަދު ވަނީ ހާޒިރުކޮށްފަ އެވެ.
ބައްދަލުވުމުގައި ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެމްބަރުގެ އަބްދުލްޣަފޫރު މޫސާ (ގަޕޯ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ފަޒުލް ވިދާޅުވީ ބިންވެރިޔާ ސްކީމުގެ ދަށުން 5.4 ބިލިއަން ރުފިޔާ އެޗްޑީސީއަށް ލިބެން ޖެހޭއިރު މިހާތަނަށް އެކަމާ ގުޅުން ހުރި އެއްވެސް މުއާމަލާތެއް ހިނގާފައި ނުވާ ކަމަށެވެ. އެކަންކަން މި ސަރުކާރުން ކުރަމުން ގެންދާ ކަމަށް ފަޒުލް ވިދާޅުވިއެވެ.