ENGLISH
19 އޭޕްރީލު 2025
ރައީސް އެކުރައްވަނީ ހަލާކުވެފައިވާ އިޖްތިމާއީ ފޭރާން ރަނގަޅުކުރުމުގެ މަސައްކަތް: މުޞްތަފާ
04 ޑިސެމްބަރު 2024
|
މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުޙައްމަދު މުޞްތަފާ އިބްރާހިމް އެމްއެމް ޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަނީ. ފޮޓޯ: އެމްއެމްޓީވީ
މިވެރިކަމުގައި ކުރަމުންދާ ކަމަކީ ހަލާކުވެފައިވާ އިޖްތިމާޢީ ފޭރާން ރަނގަޅު ކުރުމުގެ މަސައްކަތް ކަމަށް މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުޙައްމަދު މުޞްތަފާ އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މުޞްތަފާ ވިދާޅުވީ ޤައުމުގެ އިޖްތިމާއީ ފޭރާން ހަލާކުވެފައި ވަނީ އެމްޑީޕީއިން ޕާޓީ ސިސްޓަމް ތައާރަފް ކުރުމުގެ ނަމުގައި، ރައީސް މައުމޫނުގެ ވެރިކަމުގައި، ހިންގި އެތައް ހަރަކާތެއްގެ ތެރެއިން ކަމަށެވެ.
އެގޮތުން ޒަމާނުންސުރެ ދިވެހިންގެ ތެރޭގައި އޮންނަ އެކަކު އަނެކަކަށް އިޙްތިރާމް ކުރުމާއި އެއްބަޔަކު އަނެއް ބަޔަކަށް އޮންނަ އަޅާލުމާއި އޯގާތެރި ކަމާއި ވެރިންނަށް ކިޔަމަންތެރިވުން ފަދަ ރިވެތި އިޖްތިމާއީ ސިފަތައް ނެތިގެން ގޮސްފައިވާ ކަމަށް މެމްބަރު މުޞްތަފާ ފާހަގަ ކުރެއްވިއެވެ.
މިކަންކަމަކީ އެހެން އެއްވެސް ރައީސަކަށް އަތްލާން ނުކެރުނު ކަންކަމަށާއި ނަމަވެސް ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ކެރިވަޑައިގެން މި ކަންކަން ޙައްލު ކުރައްވަމުންދާ ކަމަށް ވެސް މެމްބަރު ފާހަގަ ކުރެއްވިއެވެ.
"ޤައުމުގައި މީގެ ކުރިން އެއްވެސް ވެރިއަކަށް އަތްލާން ނުކެރުނު އެތައް މައްސަލައަކަށް މިއަދު ރައީސް ޑރ. މުޢިއްޒު އެ ވަޑައިގަންނަވަނީ އަތްލައްވަމުން" - މެމްބަރު މުޞްތަފާ
މުޞްތަފާ ވިދާޅުވީ ގޮންޖެހުންތަކަކާ އެކުވެސް ރައީސް ވަޑައިގަންނަވަނީ ޤައުމުގެ އިޖްތިމާއީ ފޭރާން ރަނގަޅު ކުރައްވަން އެތައް މަސައްކަތްޕުޅުތަކެއް ކުރަމުން ކަމަށެވެ.