ENGLISH
19 އޭޕްރީލު 2025
1.4 ބިލިއަން ރުފިޔާގެ ތެރެއިން 226 މިލިއަން ރުފިޔާ ހޯދައިފިި
04 ޑިސެމްބަރު 2024
|
ފަޒުލް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި
ވިޔަފާރީގެ ބޭނުމަށް އެޗްޑީސީން ދޫކޮށްފައިވާ ތަންތަނުން އެކުންފުންޏަށް ލިބެންޖެހޭ ފައިސާގެ ތެރެއިން މިހާތަނަށް 226 މިލިޔަން ރުފިޔާ ހޯދާފައިވާކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މިއަދު ވާހަކަފުޅު ދައްކަވަމުން އެޗްޑީސީގެ ފަޒުލް ވިދާޅުވީ އައު މެނޭޖްމަންޓް ކުންފުންޏާ ހަވާލުވިއިރު އެކި ފަރާތްތަކަށް އެޗްޑީސީން ދޫކޮށްފައިވާ ބިމާއި އިމާރާތްތަކުން ޖުމްލަ 1.4 ބިލިޔަން ރުފިޔާ އެ ކުންފުންޏަށް ނުލިބި ހުރި ކަމަށެވެ. އޭގެ ތެރޭގައި ކުލީގެ ގޮތުގައި ނުލިބިހުރި 699 މިލިޔަން ރުފިޔާ އާއި ޑިވެލޮޕްމަންޓް އެންޑް ސޭލްސްގެ ގޮތުގައި 720 މިލިޔަން ރުފިޔާ ނުލިބި ހުރިކަން އޭނާ ފާހަގަ ކުރެެއްވިއެވެ.
ފަޒުލް ވިދާޅުވީ ކުންފުންޏަށް ލިބެން ޖެހޭ ފައިސާ ހޯދުމަށް އެކި ފަރާތްތަކާ އެކު ވެފައިވާ އެއްބަސްވުން ބާތިލު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އޭގެ ކުރިން ފައިސާ ދެއްކުމަށް އަންގައި، ފައިސާ ދައްކައި ޚަލާސް ކުރަން ބޭނުންވާ ފަރާތްތަކަށް ވަކި މުއްދަތެއްގެ ތެރޭގައި ފައިސާ ދެއްކުމުގެ ފުރުސަތު ވެސް ދެމުން އަންނަކަން ފަޒުލް ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން ފައިސާ ނުދައްކާނަމަ އެ ފަރާތަކަށް ދީފައިވާ އިމާރާތް ނުވަތަ ބިން އަތުލުމަށް ކޯޓު މަރުހަލާއަށް ދިއުމަށް ވެސް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.