ENGLISH
30 ޑިސެމްބަރު 2025
ގަވާއިދާ ޚިލާފަށް ބަނގުރާ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ނޭޕާލްގެ ހަ މީހަކު ހައްޔަރުކޮށްފި
30 ޑިސެމްބަރު 2025
|
މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ބިދޭސީން. ފޮޓޯ: ޕޮލިސް
ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ، ބޭނުންކުރާކަމުގެ ތުހުމަތުގައި މާލެއިން ނޭޕާލްގެ ހަ މީހަކު ހައްޔަރުކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.
ފުލުހުން ބުނީ މި މީހުން ހައްޔަރުކޮށްފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، މި ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު ހިންގި އޮޕަރޭޝަންއެއްގައި ކަމަށެވެ.
މި އޮޕަރޭޝަންގައި މާފަންނުގައި ހުރި ކެފޭއަކާއި ގެއެއް ބަލައި ފާސްކުރުމުގެ ތެރެއިން ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 500 އެމްއެލްގެ 21 ފުޅި ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޗައުދަރީ ސްރެންދްރަ (43އ) އާއި ސުގަންދަ ކުމާރު ޗައުދަރީ (28އ) އާއި ޗައުދަރީ (24އ) އާއި މަކަރް ބަހާދުރް ޓަމަންގް (27އ) އާއި ބިޝްވަނާތް ޗައުދަރީ (37އ) އާއި ރަމްރި މާޔާ ވައިބާ (27އ) އެވެ.
މި އެންމެންނަކީ ނޭޕާލް މީހުން ކަމަށާއި އަދި މި އެންމެން ޑީޕޯޓްކުރުމަށް އިމިގްރޭޝަނާ މިހާރު ހަވާލު ކުރެވިފައިވާ ކަމަށް ވެސް ފުލުހުންގެ އިދާރާއިން ވަނީ ބުނެފަ އެވެ.
މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންކަމަށް ވެސް، އެ ހިދުމަތުން ވަނީ ބުނެފަ އެވެ.