ENGLISH

30 ޑިސެމްބަރު 2025

Advertisement

ކޮބާ ތައްޔާރުވޭ: 7،900 ފްލެޓާއި 15،000 ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ޖަނަވަރީ 15ގައި ހުޅުވާލަނީ

30 ޑިސެމްބަރު 2025

|

އަޙުމަދު ޙަމީދު

ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ފްްލެޓްތަކެއް --

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން، "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމްގެ އުސޫލުތައް ގެޒެޓްކޮށް ގޯއްޗާއި ފުލެޓަށް ހުށައެޅުމުގެ ފުރުސަތު އަންނަ މަހު ހުޅުވާލަން ހަމަޖައްސާ އެކަން މިރޭ އިއުލާނު ކޮށްފި އެވެ.

ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން މިރޭ ވަނީ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން، "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމްގެ އުސޫލުތައް ގެޒެޓްކޮށްފަ އެވެ. އެއީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލާއި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބިން ދޫކުރުމުގެ އުސޫލެވެ.

އިއުލާނުގައިވާ ގޮތުން 7,900 ފްލެޓް ދޫކުރާނެ އެވެ. 

މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބިން ދޫކުރުމުގެ އުސޫލުގެ ދަށުން ދޫކުރަން ހަމަޖެހިފައިވަނީ 1250 އަކަފޫޓުގެ 15,000 ގޯއްޗެވެ. އުސޫލުގައި ބުނަނީ ކެޓަގަރީ އެކަކުން މާލޭ ރަށްވެހިންނަށް އަދި ހާއްސަ އިސްކަންދެވޭ ކެޓަގަރީތަކަށް ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ގްރޭޓަ މާލޭ ސަރަހައްދުންނާއި ރަސްމާލެއިންނެވެ. އަދި ކެޓަގަރީ ދެއަކުން މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް ގޯތި ދޫކުރަން ހަމަޖެހިފައިވަނީ ރަސްމާލެއިންނެވެ.

އެކި ސަރަހައްދުތަކުން ބިން ދޫކުރާނެ އަދަދުވެސް ކަނޑައަޅާފައިވެ އެވެ.

ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން ބުނީ މި އުސޫލު ތަކާއި އެއްގޮތަށް ގޯއްޗަށް އަދި ފުލެޓަށް އެދި 15 ޖަނަވަރީ 2026 އިން ފެށިގެން 14 އޭޕްރީލް 2026 ގެ ނިޔަލަށް ހުޅުވާލުމަށް ނިންމާފައިވާ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު