ENGLISH
29 ޑިސެމްބަރު 2025
ކުނި މެނޭޖްކުރުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިން؛ މުޖުތަބާ
29 ޑިސެމްބަރު 2025
|
ވެމްކޯގެ މެނޭޖިން ޑިރެކްޓަރ، މުޖުތަބާ ޖަލީލު--ފޮޓޯ: ޕީއެސްއެމް
ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގެ ކުނީގެ މައްސަލަ ހައްލު ކުރުމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ކުނި މެނޭޖްކުރުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ކަމަށް، ވެމްކޯގެ މެނޭޖިން ޑިރެކްޓަރ މުޖުތަބާ ޖަލީލު ވިދާޅުވެއްޖެ އެވެ.
އެމްއެމްޓީވީގެ "ނިއުޅެމުންދާ ހަބަރު" ޕްރޮގްރާމަށް ދެއްވި ހާއްސަ އިންޓަވިއުގައި މުޖުތަބާ މިއަދު ވިދާޅުވީ، ވެމްކޯގެ ހުރިހާ އޮފީސްތަކެއް އެއްވިއުގައަކުން ގުޅާލައި، އެއްތަނަކުން ހިންގުމާއި އަދި މާލީ ކަންކަމުގެ މަސައްކަތްތައް ކުރެވޭނެ ނިޒާމު ގާއިމްކުރެވިފައިވާ ކަމަށެވެ. މީގެ އިތުރުން މާލޭ ސަރަހައްދުގައާއި، ރާއްޖޭގެ ވެމްކޯގެ ހިދުމަތް ދެމުން އަންނަ ރަށްރަށުގައި އޮފީސް ގާއިމްކުރެވިފައިވާ ކަމަށެވެ. އަދި މާލޭގެ އޮފީހުގަ އިދެގެން ރާއްޖޭގެ ވެމްކޯގެ ހިދުމަތްތައް ގާއިމްކުރެވިފައިވާ ހުރިހާ ރަށްރަށުގައި ކުރަމުން އަންނަ މަސައްކަތް ބަލާލެވޭނެ އިންތިޒާމްވެސް ހަމަޖެހިފައިވާކަން ފާހަގަކުރެއްވި އެވެ.
ރާއްޖޭގެ ހުރިހާ ސިޓީއަކާއި، ސަރުކާރު އިދާރާތަކާއި އަދި މުއްއްސަސާތަކެއް ބަލަހައްޓަމުން އަންނަކަން ފާހަގަކުރައްވަމުން ވިދާޅުވީ، މާލީ ގޮންޖެހުންތަކެއް ހުރިނަމަވެސް، އެ ކުންފުނިން ފޯރުކޮށްމުން އަންނަ ހިދުމަތް އެންމެ ރަނގަޅު ފެންވަރަކަަށް ދެމުން އަންނަ ކަމަށެވެ.
މުޖުތަބާ ވިދާޅުވީ ރައްޔިތުންނަށް ފެންނަނީ އެބޭފުޅުން ކުރާ މަސައްކަތުގެ ތިންބައިކޮށްފަ އެއްބައި ކަމަށެވެ. މީގެ އިތުރުން ގޭގެއިން ކުނި ނަގާ ،ސެގްރިގޭޓްކޮށް ބައިބަޔަށް އަޅާ، ލޭންޑް ފިލިން ހެދުމަށް ކުނިވާ ޒާތުގެ ކުނި ބޭނުންކޮށް ހަކަތަ އުފެއްދުމަށް އެ ރައްކާ ކުރެވޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ. މީގެއިތުރުން ވެމްކޯގެ މަސައްކަތުގެ ބޮޑު ބައެއް ކުރަމުން އަންނަނީ ތިލަފުށީގައިކަން ފާހަގަކުރެއްވި އެވެ.
މުޖުތަބާ އިތުރަށް ވިދާޅުވީ ގޭބިސީތަކުންނާއި، ވިޔަފާރިތަކުންނާއި އަދި ކޮންސްޓްރަކްޝަން ސައިޓުތަކުގައި މަސައްކަތް ކުރާ ފަރާތްތަކާ ގުޅިގެން ، އެބޭފުޅުންނަށް ބޭނުންވާ ކުނީގެ މައްސަލަ ހައްލު ކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މީގެ އިތުރުން ވޭތުވެ ދިޔަ ދެ އަހަރުރެތޭ ރިސޯޓްތަކުން ކުނި ނެގުމަށް "ރިސޯޓް ވޭސްޓް ކަލެކްޝަން ސާވިސެސް" ތައާރަފްކޮށް އެ ހިދުމަތްވެސް ކާމިޔާބުކަމާއެކު ދެމުން އަންނަކަމަށް ވިދާޅުވި އެވެ. ވެމްކޯއިން ފޯރުކޮށްދޭ ހިދުމަތް ތަކުގެ ތެރޭގައި އެމަޖެންސީ ހިދުމަތް ބޭނުންވާ ފާރަތްތަކަށް ޕްރިމިއަމް ހިދުމަތް ދިނުމާއި،ޑެމޮލިޝަން ސާވިސްގެ ހިދުމަތާ، ފޮޅާ ސާފުކުރުމުގެ ހިދުމަތުގެ އިތުރުން ޕެސްޓް ކޮންޓްރޯލް ސާވިސް ވެސް އެކުންފުނިން ދެމުން އަންނަކަން ފާހަގަކުރެއްވި އެވެ.
ވެމްކޯގެ ކޯލް ސެންޓަރުގެ ހިދުމަތް ދެމުން އަންނަ އިރު ކަސްޓަމަރުންގެ ޝަކުވާތަކަށް އެދުވަހުން ދުވަހަށް ހައްލު ކޮށްދެއްވުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަން ފާހަގަކުރެއްވި އެވެ.
ރައީސްގެ ބައްދަލުވުންތަކުން ގިނަ ފައިދާތަކެއް ލިބިގެން ދިޔަކަން ފާހަގަކުރައްވަމުން މުޖުތަބާ ވިދާޅުވީ، ކުރިން ކަސްޓަމަރުންގެ ޝަކުވާތައް އަޑު އިވެނީ ކޯލް ސެންޓަރަށް ގުޅާ ފަަރާތްތަކުން ކަމަށާއި، އެހެންނަމަވެސް ރައީސްގެ މިބައްދަލުވުންތަކުގެ ސަބަބުން ރައްޔިތުންގެ ޝަކުވާތައް ގާތުން އަޑުއިވި ވެމްކޯއިން ދެމުން އަންނަ ހިދުމަތް ރަނގަޅު ކުރުމަށް ފަސޭހަވެގެން ދިޔަ ކަމަށެވެ.
މުޖުތަބާ ވިދާޅުވީ ރައީސްއަކީ ކުރީގެ ރައީސުންނަށް ކުރަން ކެރިވަޑައި ނުގެންނެވި ކަންތައް ކުރައްވާ ބޭފުޅެއްކަމަށާއި، އެގޮތުން ނެގެޓިވް ކްރިޓިޒަމް އަޑު އައްސަވަން އިންނަވަން އުދަގޫވި ނަމަވެސް އަޑުއައްސަވާ އެ މައްސަލަތަކަށް އެޑްރެސްކުރައްވަމުން ގެންދަވާކަށެވެ. އަދި އެ ޝަކުވާ ތަކުން މުޅި ގައުމު ބިނާކޮށް ބައްޓަން ކުރަން މަސައްކަތް ކުރައްވާ، ސިޔާސަތުތައް ކަނޑައަޅުއްވަމުން އަންނަކަން ފާހަގަކުރެއްވި އެވެ.
ވެމްކޯގެ މުވައްޒަފުންނަކީ ލާމަސީލު މުވައްޒަފުންތަކެއް ކަން ފާހަގަކުރައްވަމުން ވިދާޅުވީ، ފިންޏެއް ހޫނެއް ވާރޭ އެއް އަތްވަކަށް ނުބަލާ ކޮންމެ ދުވަހަކު ރައްޔިތުންނަށް ހިދުމަތް ދެމުން އަންނަކަމަށެވެ. އަދި ވޭތުވެދިޔަ ދެ އަހަރު ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް އެ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދެވުނީ މުވައްޒަފުންގެ ހިތްވަރުންކަން ފާހަގަކޮށް ޝުކުރުއަދާ ކުރެއްވި އެވެެ.