ENGLISH

19 އޭޕްރީލު 2025

Advertisement

އިކޮނޮމިކް ރިފޯމް އޮފީހުގެ ކޮމިޝަނާ އޮފް ރިފޯމްގެ މަގާމަށް މީހަކު ހޯދަން އިއުލާނު ކޮށްފި

04 ޑިސެމްބަރު 2024

|

އެމް އެމް

ދައުލަތުގެ އެކިއެކި ދާއިރާތައް ރިފޯމް ކުރުމާބެހޭ މަސައްކަތްތައް ކުރުމަށް އިކޮނޮމިކް ރިފޯމް އޮފީހުގެ ކޮމިޝަނާ އޮފް ރިފޯމްގެ މަގާމަށް މީހަކު ހޯދަން އިއުލާނު ކޮށްފި އެވެ.

ރިފޯމް އޮފީހެއް އުފައްދާފައިވަނީ، ދައުލަތުގެ މާލީ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން، ދައުލަތުގެ އެކި ދާއިރާތައް ރިފޯމް ކުރުމަށެވެ.

ފިނޭންސް މިނިސްޓަރީން ސަރުކާޒުގެ މިއަދު ގެޒެޓްކުރި އިޢުލާނެއްގައި ބުނީ، ކޮމިޝަނާ އޮފް ރިފޯމްގެ މަގާމަށް މީހަކު ހޯދަނީ، އެ އޮފީހުގެ މަސައްކަތްތައް ހަލުވި ކުރުމަށް ކަމަށެވެ.

އެ މަގާމުގެ މަސައްކަތް ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާމްސް އޮފް ރިފަރެންސް ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގައި ވަނީ ޝާއިއުކޮށްފައެވެ. 

އެ އިއުލާނުގައި ބުނީ، މަގާމަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން ކުރިން އަންނަ އާދިއްތަ ދުވަހުގެ ކުރިން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" އެ މިނިސްޓްރީއަށް އީމެއިލް މެދުވެރިކޮށް ފޮނުވަން ވާނެ ކަމަށެވެ.

ގިނަ ދާއިރާތައް ރިފޯމް ކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފަ އެވެ. ސަބްސިޑީ މުރާޖާކުރުމާއި، އާސަންދަ ރިފޯމްކުރުމުގެ އިތުރުން އެއް މަސައްކަތެއް ކުރާ މުއައްސަސާތައް އެއް ކުރުމުގެ މަސައްކަތް ވެސް ހިމެނެ އެވެ.

ކިޔުންތެރިންގެ ހިޔާލު