ENGLISH

10 އޭޕްރީލު 2025

Advertisement

ސަސުއޯލޯ އަތުން ހޯދި ބޮޑު މޮޅާ އެކު މިލާން ކުއާޓާ އަށް

04 ޑިސެމްބަރު 2024

|

މުޙައްމަދު އަދުހަމް

ރޭގެ މެޗުގައި ލަނޑު ޖެހުމަށް ފަހު މިލާންގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --

އިޓާލިއަން ކަޕްގައި ރޭ ކުޅުނު މެޗުގައި ސެރިއޭ ބީގެ ސަސުއޯލޯ އަތުން ހޯދި 6-1 ގެ ތަފާތު ބޮޑު މޮޅާއެކު އޭސީ މިލާނުން ކުއާޓަރ ފައިނަލަށް ދަތުރުކޮށްފިއެވެ.

މިލާންގެ ސެން ސީރޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި މިލާނުން ވަނީ ހަތަރު ލަނޑުޖަހައިފައެވެ. މި މެޗުގައި އެ ޓީމުން ޖެހި ހަ ލަނޑުގެ ތެރެއިން ދެ ގޯލް ޖަހައިދިނީ ސެމުއެލް ޗުކްވުއެޒޭ އެވެ. ދެން ލަނޑު ޖަހައިދިނީ ޓިޖާނީ ރެއިންޑާސް، ރަފައެލް ލެއާއޯ، ޑަވިޑޭ ކަލާބްރިއާ އަދި ޓެމީ އެބްރަހަމް އެވެ.

ސަސުއޯލޯގެ ހަމައެކަނި ލަނޑުޖެހީ ސެމުއެލް މުލަޓިއެރީ އެވެ.

މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި ބޮލޯނިއާ އިން ވަނީ 4-0 ގެ ނަތީޖާއަކުން މޮންޒާ ބަލިކޮށްފައެވެ.

ކުއާޓާގައި މިލާނުން ނުކުންނަން ޖެހޭނީ ދެވަނަ ބުރުގައި އޭއެސް ރޯމާ އާއި ސަމްޕްޑޯރިއާ ކުޅެ މޮޅުވާ ޓީމަކާ ދެކޮޅަށެވެ. ބޮލޯނިއާ ކުޅެން ޖެހެނީ އެޓަލާންޓާ އާއި ސެސޭނާ ކުޅެ މޮޅުވާ ޓީމަކާ އެވެ.

މުބާރާތުގެ ކުއާޓާ ފައިނަލްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފެބުރުއަރީ މަހުގެ 6 ވަނަ ދުވަހު އެވެ.


ކިޔުންތެރިންގެ ހިޔާލު