ENGLISH
19 އޭޕްރީލު 2025
ހިޖުރަކުރާ ދޫންޏާ ބެހޭ ދިރާސާއެއް
04 ޑިސެމްބަރު 2024
|
ްއެމްއޯޔޫގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ކަނޑުމަތީގައި ހަރަކާތްތެރިވާ ދޫނިތަކާއި ރާއްޖެއަށް ހިޖުރަކުރާ ދޫނިތަކާ ގުޅުން ހުރި ދިރާސާއެއް ކުރުމަށް މެމަރަންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އެއްގައި ސޮއިކޮށްފި އެވެ.
މިއީ އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާއި ޔުނިވާސިޓީ އޮފް އޯކްލެންޑް އާ ދެމެދު ވެވުނު އެމްއޯޔޫ އެކެވެ.
އެ އެމްއޯޔޫގައި އީޕީއީގެ ފަރާތުން ސޮއި ކުރެއްވީ ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ މިނިސްޓަރު ތޯރިގް އިބްރާހީމެވެ.
އީޕީއޭއިން ބުނީ އެމްއޯޔޫގެ މަގުސަދަކީ ކަނޑުމަތީގައި ހަރަކާތްތެރިވާ ދޫނިތަކާއި ރާއްޖެއަށް ހިޖުރަކުރާ ދޫނިތަކާ ބެހޭ ދިރާސާތައް ކުރުމުގައި އެ އެޖެންސީގެ ގާބިލުކަން އިތުރު ކުރުން ކަމަށެވެ.
އަދި ދޫނިތައް އުޅޭ މާހައުލާއި ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅުން ހުރި މުހިންމު ކަންކަން ދެނެގަތުން ކަމަށެވެ.
އެ އިސްނެގުމާ އެކު އެފަދަ މާހައުލުތައް ހިމާޔަތް ކުރުމަށް އެހީތެރިވެދޭނެ ކަމަށް ބެލެވޭ ކަމަށް ވެސް އީޕީއޭއިން ފާހަގަކުރި އެވެ.
އެ އެޖެންސީން އިތުރަށް ބުނި ގޮތުގައި އެމްއޯޔޫގެ ދަށުން ދޫނިތައް ދިރިއުޅޭ މާހައުލު ރައްކާތެރި ކުރުމުގެ އިތުރުން "އިންވޭސިވް ސްޕީސިސް"ތަކުން ކުރިމަތިވާ ކަންކަމުން ރައްކާތެރިކަން ހޯދުމަށް ފިޔަވަޅުތައް އެޅުމަށް މަސައްކަތް ކުރެވޭނެ ކަމުގަ އެވެ.
މިއީ ރާއްޖޭގެ ތިމާވެއްޓާއި "ބަޔޯ ޑައިވާސިޓީ" ހިމާޔަތް ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމުގައި ވެސް އީޕީއޭއިން ފާހަގަކުރި އެވެ.