ENGLISH

10 އޭޕްރީލު 2025

Advertisement

ބްރިސްބަން އިންޓަނޭޝަނަލްގައި ޖޮކޮވިޗް ކުޅޭނެ

04 ޑިސެމްބަރު 2024

|

މުޙައްމަދު އަދުހަމް

ޖޮކޮވިޗް މީގެކުރީން ކުޅުނު މެޗެއްގެ ތެރެއިން. --ފޮޓޯ: ރޮއިޓާސް

އަންނަ އަހަރުގެ އޮސްޓްރޭލިއަން އޯޕަން އަށް ތައްޔާރުވުމުގެ ގޮތުން، މި މަހު ފަށާ ބްރިސްބަން އިންޓަނޭޝަނަލްގައި ސާބިއާގެ ނޮވަކް ޖޮކޮވިޗް ކުޅޭނެ ކަމަށް ބުނެފިއެވެ.

މެލްބަން ޕާކްގައި މި މަހުގެ 29 ވަނަ ދުވަހު ފަށާ ބްރިސްބަން އިންޓަނޭޝަނަލް އަކީ ކޮންމެ އަހަރެއްގައި އޮންނަ އޮސްޓްރޭލިއަން އޯޕަންގެ ކުރީން ބާއްވަމުން އަންނަ ވޯމްއަޕް މުބާރާތެކެވެ.

އުމުރުން 37 އަހަރުގެ ޖޮކޮވިޗް ވަނީ، މިހާތަނަށް ރެކޯޑް 24 ފަހަރު ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް ކާމިޔާބުކޮށްފައެވެ.

"ބްރިސްބަން އިންޓަނޭޝަނަލްގައި ވާދަކުރުމަށް މިހުރީ ވަރަށް ބޮޑު ޖޯޝާއި ފޯރިއާ އެކު،" ޖޮކޮވިޗް ބުނެފައިވެއެވެ.

ޖޮކޮވިޗް އިތުރަށް ބުނީ، ޕެޓް ރާފްޓަރ އެރީނާގައި އެ މުބާރާތް ކުޅުމަށް ކެތްމަދުވެފަ ހުރި ކަމަށެވެ.

އޭޓީޕީ 250 އިވެންޓެއް ކަމަށްވާ، ބްރިސްބަން އިންޓަނޭޝަނަލްގައި ޖޮކޮވިޗްގެ އިތުރުން އެންމެ ފަހުގެ ޗެމްޕިއަން، ބަލްގޭރިއާގެ ގްރިގޯ ޑިމިޓްރޯވް އާއި ޑެންމާކްގެ ހޮލްގާ ރޫން އަދި އެމެރިކާގެ ފްރާންސެސް ޓިއަފޯ ބައިވެރިވާނެ އެވެ.

ދުނިޔޭގެ ކުރީގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ، ޖޮކޮވިޗްގެ އަމާޒަކީ ކުރިއަށް އޮތް ބްރިސްބަން އިންޓަނޭޝަނަލްގައި ރަނގަޅު ފޯމެއްގައި ކުޅެ، އޮސްޓްރޭލިއަން އޯޕަންގެ ޗެމްޕިއަންކަން 11 ވަނަ ފަހަރަށް ކާމިޔާބުކުރުމެވެ.

އޮސްޓްރޭލިއަން އޯޕަންގެ މައި ޑްރޯ ފަށާނީ 12 ޖަނަވަރީ 2025 ގައެވެ.

ކިޔުންތެރިންގެ ހިޔާލު