ENGLISH

23 ޑިސެމްބަރު 2025

Advertisement

ދިގުރަށުގެ ޖެނެރޭޓަރެއްގެ ޓޮޕް އޯވަރހޯލް ކުރުމަށްފަހު އަލުން ހިދުމަތް ދޭން ފަށައިފި

23 ޑިސެމްބަރު 2025

|

އާމިނަތު ނުޒްލާ

ދިގުރަށުގައި ބޭނުންކުރަމުން އައި 600 ކިލޯވޮޓްގެ ޖެނެރޭޓަރު އޯވަރހޯލް ކުރުމަށްފަހު އަލުން ހިދުމަތް ދޭން ފެށުން--ފޮޓޯ:ސްޓެލްކޯ

އދ. ދިގުރަށުގައި ކަރަންޓު ދިނުމަށް ބޭނުންކުރާ 600 ކިލޯ ވޮޓްގެ ޖެނެރޭޓަރެއްގެ ޓޮޕް އޯވަރހޯލް ކުރުމަށް ފަހު އަލުން ހިދުމަތް ދޭން ފަށާފައިވާ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

ސްޓެލްކޯއިން ބުނީ މި މަސައްކަތަކީ ކުރިއަށް އޮތް ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން، އެރަށުގައި ދެމުން އަންނަ ހިދުމަތް ރަނގަޅުކުރުމުގެ ތެރެއިން ކުރެވުނު  މަސައްކަތެއް ކަމަށެވެ.

ޕީކް ސީޒަނަށް ތައްޔާރުވުމަށް ސްޓެލްކޯއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އާ ޖެނެރޭޓަރު ބޭނުންވާ ރަށްތަކަށް އެ އެއްޗެހި ގެންދިއުމާއި މަރާމާތުކުރަންޖެހޭ ސެޓްތައް ވެސް މަރާމާތުކުރަމުންދާ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފަ އެވެ.

ދިގުރަށުގައި ބޭނުންކުރަމުން އައި ޖެނެރޭޓަރު އޯވަރހޯލް ކުރުމަށްފަހު އަލުން ހިދުމަތް ދޭން ފެށުން--ފޮޓޯ:ސްޓެލްކޯ

ސައުވީސް ގަޑިއިރު މެދުނުކެނޑި ކަރަންޓުގެ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ. އެ އަމާޒަށް ވާސިލްވުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.

އާބާދީގައި ގާތްގަނޑަކަށް 700 އަށްވުރެ ގިނަ މީހުން ދިރިއުޅެމުންދާ ދިގުރަށަކީ 50 ހެކްޓަރުގެ ރަށެކެވެ. މިއީ އަރިއަތޮޅު ދެކުނުބުރީގައި ލޯކަލް ޓޫރިޒަމް އެންމެ ފުޅާ ދާއިރާއެއްގައި ހިންގަމުން އަންނަ އެއް ރަށެވެ. އެގޮތުން މިވަގުތުވެސް 35 ހަކަށްވުރެ ގިނަ ގެސްޓްހައުސް ހިންގަމުން އަންނައިރު، ބެޑް ކެޕޭސިޓީ 400 އަށްވުރެ މައްޗަށް އަރަ އެވެ. އެހެންކަމުން އެރަށުގައި ދެމުން އަންނަ ކަރަންޓްގެ ހިދުމަތަށް ބުރޫނާރާނެ ގޮތަކަށް އިންތިޒާމްތައް ހަމަޖެހިގެން ދިއުމަކީ، އެރަށުގެ ރައްޔިތުންނާއި އަދި އެރަށުގައި ވިޔަފާރި ކުރަމުން އަންނަ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.

ކިޔުންތެރިންގެ ހިޔާލު