ENGLISH

23 ޑިސެމްބަރު 2025

Advertisement

މަސްޖިދުލްއީމާން އަންނަ ހުކުރު ދުވަހު ހުކުރު ނަމާދަށް ހުޅުވަނީ

23 ޑިސެމްބަރު 2025

|

އަޙުމަދު ޙަމީދު

މަސްޖިދުލްއީމާން

ހުޅުމާލެ ފޭސް ދޭއް ގައި ބިނާކުރާ މިސްކިތް މަސްޖިދުލްއީމާން އަންނަ ހުކުރު ދުވަހު ހުކުރު ނަމާދަށް ހުޅުވަން ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ މަސްޖިދުލްއީމާން އަންނަ ހުކުރު ދުވަހު ހުކުރު ނަމާދަށް ހުޅުވަން ނިންމާފައިވާ ކަމަށެވެ.

މިއީ ހެޔޮ އެދޭ ފަރާތަކުން އިމާރާތްކޮށްފައިވާ މިސްކިތެކެވެ. މިއީ މިސްކިތުގެ ޑިޒައިނާއި އެތެރޭގެ ޑިޒައިން ވެސް ވަަރަށް ފުރިހަމަ ރީތި މިސްކިތެކެވެ.

މި މިސްކިތަކީ ތިން ފްލޯ ހިމެނޭ މިސްކިތެކެވެ. އެއް ފަހަރާ 1200 މީހުންނަށް ނަމާދު ކުރެވޭނެ އެވެ.

ހުޅުމާލޭގެ ފޭސް ދޭއްގައި މީހުން އާބާދުވެ ދިިރިއުޅެން ފެށިތާ އަހަރުތަކެއްވީނަމަވެސް މިސްކިތްތަކާއި ސުކޫލުތައް އެކަށީގެންވާ މިންވަރަށް ނެތުމުގެ މައްސަލަ ބޮޑެވެ. އެހެން ކަމުން މިސްކިތްތަކާއި ސުކޫލުތައް އިމާރާތް ކުރުމަށް މި ސަރުކާރުން ބޮޑު އިސްކަމެއް ދެއްވަ އެވެ. އަދި ފަށާފައިވާ އެފަދަ މަޝްރޫޢުތައް އަވަހަށް ނިންމުމަށް ޚާއްސަ އިސްކަމެއް ދެއްވައިގެން ދަނީ މަސައްކަތް ކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު