ENGLISH
23 ޑިސެމްބަރު 2025
ގެއެއް ބަލާ ފާސްކޮށް މަސްތުވާތަކެއްޗާއެކު ބަޔަކު ހައްޔަރުކޮށްފި
23 ޑިސެމްބަރު 2025
|
އޮޕަރޭޝަނެއްގައި އަތުލައިގަތް މަސްތުވާތަކެތި --
ގެއެއް ބަލާ ފާސްކޮށް މަސްތުވާތަކެއްޗާއެކު ބަޔަކު ހައްޔަރުކޮށްފި އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން މިރޭ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. އެ އޮޕަރޭޝަނެއްގައި މާލޭގެ ގެއެއް ބަލާ ފާސްކޮށްފައިވާ ކަމަށާ އެ ގެއިން މަސްތުވާތަކެއްޗާއެކު ބަޔަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
މި އޮޕަރޭޝަންގެ އިތުރު މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށްވެސް ފުލުހުން ބުންޏެވެ.