ENGLISH

22 ޑިސެމްބަރު 2025

Advertisement

ހުޅުމާލޭގެ ދެ ފޭސްގައި މަލްޓި ސްޕެޝަލިޓީ ދެ ހޮސްޕިޓަލް އަޅަނީ

22 ޑިސެމްބަރު 2025

|

އަޙުމަދު ޙަމީދު

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހުޅުމާލެ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްޤީކުރުމަށްފަހު ހުޅުވުން. ފޮޓޯ: ރައީސް އޮފީސް

ހުޅުމާލޭގެ ފޭސް އެކަކާއި ދޭއް ގައި މަލްޓި ސްޕެޝަލިޓީ ދެ ހޮސްޕިޓަލް އެޅުމުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓްގައި ހިމަނުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ހުޅުމާލެ ފޭސް އެކެއްގެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް މިރޭ ބޭއްވި ބައްދަލްވުމުގައި އާންމުންގެ މީހަކު ވަނީ ހުޅުމާލެއަށް ސިއްހީ ދާއިރާއިން އެއްވެސް ކަމެއް ކޮށް ނުދޭ ކަމަށް ބުނެ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ކަމާއި ގުޅޭގޮތުން ރައީސް ވިދާޅުވީ އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކައެއް ކަމަށެވެ.

ރައީސް ދެއްކެވީ ހުޅުމާލެ ހޮސްޕިޓަލަށް މިދިޔަ ދެ އަހަރު ގެނެސްފައިވާ ކުރިއެރުމެވެ. ރައީސް ވިދާޅުވީ ޚިިދުމަތްތަކާއި މުވައްޒިފުން ވެސް އިތުރުކޮށްފައިވާ ކަމަށެވެ. އަދި ވަސީލަތުގެ ގޮތުން އެތައް ކަމެއް ފަހިކޮށްދެއްވާ ވަރަށް ގިނަ ބަދަލުތައް ގެނެސް ދެއްވާފައިވާ ކަަމަށް ވިދާޅުވި އެވެ.

ނަމަވެސް އެމަނިކުފާނު ވިދާޅުވީ އެއީ އަދި އެމަނިކުފާނުގެ ސަރުކާރުން ގެންދަން ބޭނުންވާ ސްޓޭންޑަޑް ނޫން ކަމަށެވެ. ސިއްޙީ ދާއިރާއިން މިހާރަށް ވުރެ މާ އުހަށް ގެންދަން ސަރުކާރުން ބޭނުންވާ ކަމަށާ ރޭވުންތެރިކަމާއެކު އެކަން ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

އަދި ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓްގައި ވަރަށް ބޮޑު އިސްކަމެއް ސިއްޙީ ދާއިރާއަށް ދެއްވާފައި ވާނެ ކަމަށެވެ. އެގޮތުން ހުޅުމާލޭގައި މަލްޓި ސްޕެޝަލިޓީ ދެ ހޮސްޕިޓަލް އަޅާން ނިންމާފައިވާ ކަަމަށް ވިދާޅުވި އެވެ. މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގާނެ މި ދެ ހޮސްޕިޓަލްގެ ތެރެއިން އެއް ހޮސްޕިޓަލަކީ ހުޅުމާލެ ހޮސްޕިޓަލާއި އިންވެގެން ހަދާ އިމާރާތެއް ކަމަށާ ދެވަނަ ހޮސްޕިޓަލް އަޅާނީ ފޭސް ދޭއްގައި ކަމަށެވެ.

"ފޭސް ވަންގައި އަދި ފޭސް ޓޫގައި މަލްޓި-ސްޕެޝަލިޓީ ދެ ހޮސްޕިޓަލް އެޅުމަށް މިވަނީ ޕްލޭން ކުރެވިފައި," ކުރިއަށް އޮތްތާ ދެ ލައްކެއްހާ ރައްޔިތުން އުޅޭނެ ކަމަށް އަންދާޒާ ކުރެވޭ ހުޅުމާލެއާ ގުޅޭގޮތުން ރައީސް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު