ENGLISH
21 މާރިޗު 2026
ހުޅުމާލޭގެ މުނިސިޕަލް ކަންކަން ހަވާލުނުކުރެވި ވަނީ ސިޓީ ކައުންސިލުން އެއްބަސްނުވުމުން: ރައީސް
22 ޑިސެމްބަރު 2025
|
މިރޭގެ ޖަލްސާގައި ރަައީސް ވާހަކަފުޅު ދައްކަވަނީ --
އެންމެ މަޤްބޫލު
ހުޅުމާލޭގެ މުނިސިޕަލް ކަންކަން މާލެ ސިޓީ ކައުންސިލާ ހަވާލުކުރަން ޖެހޭ ހުރިހާ ކަމެއް ކޮށް ނިމިފައިވާ ކަމަށާއި ނަމަވެސް އެކަން ނުކުރެވި ވަނީ ހުޅުމާލޭ މުނިސިޕަލް ކަންކަމާ ހަވާލުވާން ސިޓީ ކައުންސިލުން އެއްބަސްނުވުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭގެ މުނިސިޕަލް ކަންކަން މާލެ ސިޓީ ކައުންސިލަށް ހަވާލުކުރުމަކީ ކުރީ ސަރުކާރުން ފާޅުގައި ދެކޮޅު ހަދަމުން ދިޔަ ކަމެކެވެ. ނަމަވެސް އެ ނިންމުން ބަދަލުކޮށް ހުޅުމާލޭގެ މުނިސިޕަލް ކަންކަން މާލެ ސިޓީ ކައުންސިލަށް ހަވާލު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވަޢުުދުވެވަޑައިގެންފަ އެވެ.
އެ ވައުދާއި ގުޅޭގޮތުން އާންމުންގެ މީހަކު ސުވާލުކުރުމުން މިރޭ އޮތް ފޭސް އެކެއްގެ ރައްޔިތު ބައްދަލްވުމުގައި ރައީސް ވިދާޅުވީ އެ ވައުދުފުޅު ހަނދާން އެބަ ހުރި ކަމަށެވެ. އަދި ވިދާޅުވީ ހުޅުމާލޭގެ މުނިސިޕަލް ކަންކަން ހަވާލުކުރުމަށް ސަރުކަރާއި ކައުންސިލާއި އެޗްޑީސީން މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް ހުރިހާ ކަމަކާ ހަވާލުވާން ކައުންސިލުން ބޭނުންނުވީ ކަމަށް ވިދާޅުވި އެވެ.
އެހެން ކަމުން މިވަގުތުވެސް ހުޅުމާލޭގެ މުނިސިޕަލް ކަންކަން އެޗްޑީސީން ބަލަހައްޓަމުން ގެންދަނީ ވަގުތީ ގޮތުން ކަމަށެވެ. އަދި އެމަނިކުފާނުގެ އުންމީދަކީ ކައުންސިލްގެ އެ ނިންމުން އަވަހަށް ބަދަލު ކުރުން ކަމަށެވެ.
ރައީސް ތަކުރާރުކޮށް ވިދާޅުވީ އެމަނިކުފާނު މިހާރުވެސް ހުންނެވީ ވަޢުދުފުއްދަވަން ތައްޔާރަށް ކަމަށެވެ.
"އެހެން ނަމަވެސް ކައުންސިލުން އެކަމަށް އެ ރެސްޕޮންސިބިލިޓީ ނަގަން ބޭނުންނުވާތީ ނުވަތަ ތައްޔާރުނުވާތީ ކަމަށް ވެދާނެ ހަވާލުނުވެ އޮތީމަ އެކަން ނުފުއްދި އެ އޮތީ. އެހެންވީމަ އަޅުގަނޑުގެ ވަޢުދު ފުއްދަން މިހުރީ ރެޑީގައި މިހާރު ވެސް،" ރައީސް ވިދާޅުވި އެވެ.