ENGLISH

21 ޑިސެމްބަރު 2025

Advertisement

ޤަވާއިދާ ޚިލާފަށް ބިދޭސީން ހިންގަމުން އައި 56 ވިޔަފާރިއެއް މިދިޔަ ތިން ހަފްތާތެރޭ ބަންދުކޮށްފިން: ރައީސް

21 ޑިސެމްބަރު 2025

|

އަޙުމަދު ޙަމީދު

ސްޕާ/ސެލޫން ފަދަ ތަންތަނުގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީންނަށް އަމާޒުކޮށް ޓާސްކްފޯސްއިން އޮޕަރޭޝަނެއް ކުރިއަށްގެންދަނީ. ފޮޓޯ: އިމިގްރޭޝަން

ޤަވާއިދާ ޚިލާފަށް ބިދޭސީން ހިންގަމުން އައި 56 ވިޔަފާރިއެއް މިދިޔަ ތިން ހަފްތާތެރޭ ބަންދުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ހުޅުމާލެ ފޭސް އެކެއްގެ ރައްޔިތުންނާއެކު މިރޭ ބޭއްވި ބައްދަލްވުމުން ފައްޓަވައި ދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ބިދޭސީންގެ މައްސަލަ ބޮޑުވެ ޤަވާއިދާ ޚިލާފަށް ވިޔަފާރި ހިންގުން ވަނީ މާލޭގައި ބޮއްސުންލާފަ އެވެ. އެތަންތަން ބަންދު ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ބުނި ނަމަވެސް މިދިޔަ ސަރުކާރުތަކުގައި އެކަށީގެންވާ އެއްވެސް މަސައްކަތެއް ނުކުރެވުނެވެ.

ނަމަވެސް މި ސަރުކާރުން ގެންދަނީ ހަރުދަނާ އުސޫލެއްގެ ތެރެއިން އެ މަސައްކަތް ވަރަށް ފުޅާ ދާއިރާއެއްގައި ކުރަމުންނެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރީންނާއި ވަރަށް ގިނަ އާންމުން ވެސް ވަނީ އެފަދަ ވިޔަފާރިތައް ހުއްޓުވައި ދިނުމަށް ސަރުކާރުގައި އެދިފަ އެވެ.

މިރޭގެ ބައްދަލްވުމުގައި ރައީސް ވިދާޅުވީ ބިދޭސީން ނުގަވާއިދުން ހިންގަމުންދިޔަ 53 ވިޔަފާރިއެއް ބަންދުކޮށްފައިވާ ކަަމަށެވެ. އެއީ މިދިޔަ ތިން ހަފްތާގެ މަސައްކަތުން ނެރުނު ނަތީޖާ ކަމަށް ވިދާޅުވި އެވެ. އެ މަަސައްކަތް ހުއްޓާ ނުލައްވާ ކުރިއަށް ގެންދަވާނެ ކަމަށްވެސް ވިދާޅުވި އެވެ.

އެފަދަ ވިޔަފާރިތައް ރިޕޯޓް ކުރެވޭނެ ގޮތްވެސް ސަރުކާރުން ވަނީ ހަމަޖައްސާފަ އެވެ.

ބިދޭސީ ވިޔަފާރިވެރިންގެ މައްސަލަތަކުގެ ފަހަތުގައި ތިބެނީ ދިވެހިން ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތައް ކަމަށާ އަދި، އެ ވިޔަފާރިތައް ހިންގާ ގޮތް ދިވެހި އޯނަރަށް ވެސް ނޭނގި ބިދޭސީންގެ އެކައުންޓުތަކުގައި ފައިސާ ދައުރުކުރާ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެ އެވެ.

ބިދޭސީން ވިޔަފާރީގެ ތެރޭގައި ޝާމިލުކޮށް ނަހަމަގޮތުގައި ބޭނުންކުރާ މީހުން މައްސަލަތައް ސަރުކާރުން ދަނީ ބަލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު