ENGLISH
21 ޑިސެމްބަރު 2025
ބާރަ ދުވަސްތެރޭ 83 މަސާޖު ޕާލާ ބަންދުކޮށްފި: ރައީސް
21 ޑިސެމްބަރު 2025
|
ރައީސް ބައްދަލްވުމެއްގައި ވާހަކަފުޅު ދައްކަވަނީ --
ކަމާގުޅޭ އިދާރާތައް ގުޅިގެން މިހާރު ހިނގަމުންދާ އޮޕަރޭޝަންގައި މިހާތަނަށް 83 މަސާޖު ޕާލާ ބަންދުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ހުޅުމާލެ ފޭސް އެކެއްގެ ރައްޔިތުންނާއެކު މިރޭ ބޭއްވި ބައްދަލްވުމުން ފައްޓަވައި ދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މާލޭގައި އޮތް އިޖްތިމާއީ އެންމެ ބޮޑު މައްސަލައަކީ މަސާޖުޕާލާތައް ހަދާ ހިންގަމުންދާ ކަންކަން ކަަމަށެވެ.
އެފަދަ ތަންތަން ހުއްޓުވުމަށް ކަމާގުޅޭ އިދާރާތަކުން ކުރަމުންދާ މަސައްކަތް އިތުރަށް ފުޅާކޮށް މި މަހުގެ ނުވަވަނަ ދުވަހުން ފެށިގެން އިތުރު މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ އިކޮނޮމިކް މިނިސްޓްރީއާ ފުލުހުންނާއި އިމިގްރޭޝަން ހިންގާ އެ މަސައްކަތުގެ ދަށުން މިދިޔަ 12 ދުވަަސްތެރޭ 83 މަސާޖު ޕާލާ ބަންދުކޮށްފައިވާ ކަމަށެވެ.
ސެލޫންތަކުގެ ނަމުގައި ހިންގާ މަސާޖުޕާލާތައް ބަންދުކުރަން ރައްޔިތުން ތަކުރާރުކޮށް އެދެމުން ދިޔަނަމަވެސް މިދިޔަ ސަރުކާރުތަކުގައި އެންމެ އެކަށީގެންވާ ގޮތެއްގައިު އެކަން ކުރެވިފައިނުވާ ކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް މި ސަރުކާރުން އެގޮތަށް އެކަން ދޫކޮށް ނުލައްވާނެ ކަމަށް ވިދާޅުވި އެވެ.
"ރާއްޖޭގެ ތާރީޚުގައިވެސް މިއާ ގާތްކުރާ އަދަދެއް ކީކުރަންތޯ ބައިކުޅަ ބައިވެސް ނެތް ބަންދުކޮށްފައެއް," ރައީސް ވިދާޅުވި އެވެ.