ENGLISH
17 އޭޕްރީލު 2025
ރޯމާ ބަލިކޮށް އެޓަލާންޓާ ދެވަނަ އަށް
03 ޑިސެމްބަރު 2024
|
ރޭގެ މެޗުގައި ލަނޑުޖެހުމަށްފަހު އެޓަލާންޓާގެ ކެޕްޓަން، ޑެ ރޫން އުފާ ފާޅުކުރަނީ. --ފޮޓޯ: އެޓަލާންޓާ
އިޓާލިއަން ލީގުގައި ރަށުން ބޭރުގައި ރޭ ކުޅުނު މެޗުގައި އޭއެސް ރޯމާ 0-2 އިން ބަލިކޮށް، އެޓަލާންޓާ ތާވަލްގެ ދެވަނަ އަށް ޖެހިލައިފިއެވެ.
މިއީ ލީގުގައި ޖެހިޖެހިގެން އެޓަލާންޓާ މޮޅުވި އަށްވަނަ މެޗެވެ. އެޓަލާންޓާ ވަނީ ލީގުގައި ބަލިނުވެ ނުވަ މެޗު ފުރިހަމަ ކޮށްފައެވެ. އެ ޓީމު އެންމެ ފަހުން ލީގުގައި ބަލިވީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ.
މި ނަތީޖާއާ އެކު އެޓަލާންޓާ ވަނީ ލީގުގެ އެއްވަނައިގައި އުޅޭ ނަޕޯލީއާ ޕޮއިންޓަކާ ގާތަށް ޖެހިލައިފައެވެ. އެއްވަނައިގައި އުޅޭ ނަޕޯލީ އަށް 14 މެޗުން 32 ޕޮއިންޓް ލިބިފައިވާއިރު، އޭގެ އެއް ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ އެޓަލާންޓާ އެވެ. ތިން ވަނައިގައި އޮތް އިންޓަ މިލާނާއި، ހަތަރު ވަނައިގައި އުޅޭ ފިއޮރެންޓީނާ އަށް 13 މެޗުން ލިބިފައިވަނީ 28 ޕޮއިންޓެވެ.
ރޯމާގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެޓަލާންޓާ އިން ޖެހި ދެ ލަނޑުވެސް ކާމިޔާބުކުރީ ފަހު ހާފުގައެވެ. އެ ޓީމުން ލީޑު ނެގީ 69 ވަނަ މިނެޓުގައި ކެޕްޓަން، މާޓެން ޑެ ރޫން ވައްދާލި ލަނޑުންނެވެ.
އޭގެފަހުން، މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް، އެޓަލާންޓާ އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިން ލަނޑުޖަހައިދިނީ ނިކޮލޯ ޒަނިއޯލޯ އެވެ.
މި މެޗުން ބަލިވި ރޯމާ މި ވަގުތު އޮތީ ތާވަލްގެ 15 ވަނައިގަ އެވެ. އެ ޓީމަށް ކުޅުނު 14 މެޗުން މިހާތަނަށް 13 ޕޮއިންޓް ލިބިފައިވާއިރު، ރެލިގޭޝަން ޒޯނާ ދެމެދު އޮތީ އެންމެ ދެ ޕޮއިންޓުގެ ފަރަގެކެވެ.