ENGLISH

21 ޑިސެމްބަރު 2025

Advertisement

ވޮލީގެ ލެޖެންޑް އިބްރާހިމް އާދިލް ނިޔާވެެއްޖެ

21 ޑިސެމްބަރު 2025

|

އަޙުމަދު ޙަމީދު

ދިވެހި ވޮލީ ބޯޅައިގެ ލެޖެންޑް ހ. އަސްވާން, އިބްރާހިމް އާދިލް (ކޮއްކޮ) ނިޔާވެއްޖެ އެވެ.

އިބްރާހިމް އާދިލް, އުމުރުން 48 އަހަރުގައި ނިޔާވީ ކެންސަރަށް ފަރުވާ ހޯދަމުން ދަނިކޮށެވެ. މީގެ ދެ އަހަރެއްހާ ދުވަސްކުރީން ފެށިގެން އޭނާ ގެންދިޔައީ ކެންސަރަށް ފަރުވާ ހޯދަމުންނެވެ.

ވިއްސަކަށް އަހަރު ޤައުމީ ފެންވަރުގައި ވޮލީގެ ހަރަކާތްތަކުން ފާހަގަ ކުރެވުނު އިބްރާހިމް އާދިލް (ކޮއްކޮ) ވަނީ ޤައުމީ ޓީމުގެ ކެޕްޓަން ކަން ވެސް ކޮށްފަ އެވެ. އަދި ރާއްޖޭގެ އެންމެ މޮޅު ވޮލީ ބޯޅަ ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައިވެ އެވެ.

އިބްރާހިމް އާދިލްގެ ޖަނާޒާ އޮތީ މިރޭ 11:30 ގައި މަސްޖިދުއްތަޢާވުނި (އާސަހަރާ މިސްކިތް) ގަ އެވެ.

ކިޔުންތެރިންގެ ހިޔާލު