ENGLISH
22 ޑިސެމްބަރު 2025
އެންޓި ކޮރަޕްޝަން އެކަޑަމީން އާރްޑީސީއާއެކު މައުލޫމާތު ހިއްސާކުރުމުގެ ބައްދަލުވުމެއް ބާއްވާއިފި
21 ޑިސެމްބަރު 2025
|
އެންޓި ކޮރަޕްޝަން އެކަޑަމީއިން އާރުޑީސީއާއެކު ބޭއްވި މައުލޫމާތު ހިއްސާކުރުމުގެ ބައްދަލުވުން--ފޮޓޯ:އާރުޑީސީ
ގައުމީ އެންޓި ކޮރަޕްޝަން އެކަޑަމީން އާރުޑީސީއާއެކު މައުލޫމާތު ހިއްސާކުރުމުގެ ބައްދަލުވުމެއް ބާއްވައިފި އެވެ.
މި ބައްދަލުވުމުގައި އާރުޑީސީއާއި އެންޓި ކޮރަޕްޝަން އެކަޑަމީއާ އޮންނަ ގުޅުން ބަދަހިކޮށް، މައުލޫމާތު ހިއްސާކުރުމާއެކު ނަޒާޙަތްތެރި މުޖުތަމަޢެއް ބިނާކުރުމަށް މަސައްކަތް ކުރާނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާކުރެވިފައިވާ ކަމަށް އާރުޑީސީން ވަނީ ބުނެފަ އެވެ.
އެންޓި ކޮރަޕްޝަން އެކަޑަމީން އާރުޑީސީއާ އެކު ބޭއްވި މައުލޫމާތު ހިއްސާކުރުމުގެ ބައްދަލުވުން--ފޮޓޯ:އާރުޑީސީ
މޯލްޑިވްސް ނޭޝަނަލް އެންޓި ކޮރަޕްޝަން އެކަޑަމީ އިފްތިތާހުކޮށްދެއްވާފައިވަނީ 2023 ވަނަ އަހަރުގެ ބައިނަލްއަޤްވާމީ އެންޓި ކޮރަޕްޝަން ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ރައީސުލް ޖުމާހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އެވެ.
މި އިދާރައަކީ މީހުން ބިނާކުރުމާއި، ކޮރަޕްޝަނާ ގުޅޭ ގޮތުން އާއްމުން ހޭލުންތިކުރުމުގެ މަސައްކަތް ކުރުމަށް އުފައްދާފައިވާ އިދާރާއެކެވެ.
ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމުގައި ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ތަމްރީނު ލިބިފައިވާ ޤާބިލު މީހުން ނެތުމެވެ. އެހެންކަމުން އޭސީސީ އެކަޑަމީން އަންނަނީ މިކަމާގުޅިގެން އަހުލުވެރިކޮށް، އާންމުން ހޭލުންތެރިކުރުމުގެ މަސައްކަތް ކުރަމުންނެވެ.