ENGLISH
22 ޑިސެމްބަރު 2025
ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައިވާ ފަރާތްތަކަށް އިމާރާތްކުރާ މަރުކަޒު ހަދައިދޭނެ ފަރާތެއް ހޯދަން ހުޅުވާލައިފި
21 ޑިސެމްބަރު 2025
|
ގެވެށި އަނިޔާ އަދި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާގެ ޝިކާރައަކަށް ވެފައިވާ ފަރާތްތަކަށް ހިމާޔަތް ދިނުމަށް އިމާރާތްކުރާ މަރުކަޒު ޤާއިމްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ހުޅުވާލައިފިއެވެ.
މި ޕްރޮޖެކްޓަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ)ގެ އެހީގައި ހިންގަމުންދާ ާ "ސްޓްރެންތެނިންގ ޖެންޑަރ އިންކްލޫސިވް އިނިޝިއޭޓިވް ޕްރޮޖެކްޓް" ގެ ދަށުން ސަރުކާރުން ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ މަސައްކަތެކެވެ.
މި އިމާރަތް ކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގަކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވެއެވެ.
އަދި މި މަސައްކަތަށް ބީލަން ހުށަހެޅުމުގު ފުރުސަތު ވަނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވާލައިފައެވެ.
އެގޮތުން ބީލަން ކުރިއަށްގެންދާނީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު" އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓު އެންޑް ޓްރޭޑުގެ "ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ" އާ އެއްގޮތްވާ ގޮތުގެ މަތިންކަމަށް ބުނެފައިވެއެވެ.
މި ޕްރޮޖެކްޓަކީ އޯޕަން ކޮމްޕެޓިޓިވް ބިޑިންގ (އޯ.ސީ.ބީ) އުސޫލުގެ މަތިން، ސިންގަލް ސްޓޭޖް ވަން އެންވެލޮޕް އުސޫލުން ބީލަންކުރުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓެއް ކަމަށާއި، މި ބީލަމުގައި ބައިވެރިވުމަށް ތިރީގައިވާ ޝަރުތުތައް ފުރިހަމަވާންވާނެކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.
ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ:
ފާއިތުވި ތިން އަހަރު ކުންފުނީގެ މާލީ ހާލަތަށް ބަލައި އެވްރޭޖްކޮށް 50 މިލިއަން ދިވެހި ރުފިޔާލިބިފައިވުން.
ފާއިތުވި 5 އަހަރު ތެރޭގައި މަދުވެގެން މިބާވަތުގެ އެއް މަސައްކަތްކޮށްފައިވުން، އަދި މަސައްކަތުގެ އަގު މަދުވެގެން 19 މިލިއަން ދިވެހި ރުފިޔާ ކަމުގައިވުން.
މިނިސްޓްރީން ބުނީ، ބީލަމުގައި ބައިވެރިވާ ފަރާތްތަކުގައި ހުންނަން ޖެހޭ ހުރިހާ ޝަރުޠުތައް ބިޑިންގ ޑޮކިއުމަންޓްގައި ބަޔާންކޮށްފައިވާނެ ކަމަށެވެ.
ގެވެށި އަނިޔާގެ ޝިކާރައަށް ފަރާތްތަކުގެ ރައްކާތެރިކަމަށް ހާއްސަކޮށްގެން ހާއްސަ މަރުކަޒުތަކެއް އެޅުމުގެ ބޭނުމަކީ، އަނިޔާ ހުއްޓުވުމަށް ކުރާ މަސައްކަތުގައި ރައްކާތެރިކަން އަވަހަށް ފޯރުކޮށްދިނުމެވެ. މަރުކަޒު އެޅުމުން، ދައުލަތުގެ ބެލުމުގެ ދަށަށް، އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކައި އާއިލާތައް ގެންދިއުމުގެ މަސައްކަތް ކުރާނީ މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުންނެވެ.
އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރާ މަސައްކަތް ފުޅާކުރުމުގެ ގޮތުން، ދާއިރާއާ ގުޅުންހުރި ވަސީލަތްތައް ތަރައްގީކުރައްވާނެކަމަށް ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.