ENGLISH

21 ޑިސެމްބަރު 2025

Advertisement

އުލިގަމު ޞިއްޙީ މަރުކަޒުގެ ކޮންކުރީޓު މަސައްކަތްތައް ކުރިއަށް

21 ޑިސެމްބަރު 2025

|

މުޙައްމަދު ސަދާދު

ހއ. އުލިގަމު ޞިއްޙީ މަރުކަޒުގެ އިމާރާތް ބޮޑުކުރުމުގެ މަޝްރޫޢުގެ ތެރެއިން - ފޮޓޯ: އެމްޓީސީސީ

ހއ. އުލިގަމު ޞިއްޙީ މަރުކަޒުގެ އިމާރާތް ބޮޑުކުރުމުގެ މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ކޮންކުރީޓު މަސައްކަތްތައް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

ހއ. އުލިގަމު ޞިއްޙީ މަރުކަޒުގެ އިމާރާތް ބޮޑުކުރުމުގެ މަޝްރޫޢުގެ ތެރެއިން - ފޮޓޯ: އެމްޓީސީސީ

މީސްމީޑީއާގައި ހިއްސާކުރި ޕޯސްޓެއްގައި އެ ކުންފުނިން ބުނީ އުލިގަމު ޞިއްޙީ މަރުކަޒުގެ ތިރީ ފަންގިފިލާގެ ކޮންކްރީޓު ތަޅުންގަނޑާއި ކޮންކްރީޓު ބެރިތައް އެޅުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.

އުލިގަމު ޞިއްޙީ މަރުކަޒުގެ އިމާރާތް ބޮޑުކުރުމުގެ މަޝްރޫޢު ޞިއްޙީ ވުޒާރާއިން އެމްޓީސީސީ އާ ހަވާލުކުރީ 28 މޭ 2025 ގައި 14.32 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫޢުގެ ދަށުން ފަސް އެނދުގެ އިމާރާތެއް އުލިގަމު ޞިއްޙީ މަރުކަޒަށް އިތުރުކުރެވިގެންދާނެއެވެ.

ހއ. އުލިގަމު ޞިއްޙީ މަރުކަޒުގެ އިމާރާތް ބޮޑުކުރުމުގެ މަޝްރޫޢުގެ ތެރެއިން - ފޮޓޯ: އެމްޓީސީސީ

ޞިއްޙީ މަރުކަޒުގެ މަޝްރޫޢުގެ އިތުރުން ހާބަރު ބޮޑުކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމާއި، އިމިގްރޭޝަން އޮފީސް އިމާރާތްކުރުމުގެ މަސައްކަތް ވެސް އުލިގަމުގައި ކުރަމުން އަންނަނީ އެމްޓީސީސީންނެވެ.

ކިޔުންތެރިންގެ ހިޔާލު