ENGLISH

23 ޑިސެމްބަރު 2025

Advertisement

އަމާޒަކީ އަހަރު ނިމުމުގެ ކުރިން ހުރިހާ އެއާލައިނެއް އައު ޓާމިނަލްއަށް ބަދަލުކުރުން: އެމްއޭސީއެލް

21 ޑިސެމްބަރު 2025

|

އާމިނަތު ނުޒްލާ

ވީއައިއޭ ޓާމިނަލް އެކަކުން އެއާ ފްރާންސްއަށް ޚިދުމަތްދޭން ފެށުން. --ފޮޓޯ:އެމްއޭސީއެލް

އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން، ރާއްޖެ އަންނަ ހުރިހާ އެއާލައިންތަކަކަށް، އާ ޓާމިނަލް އިން ހިދުމަތް ދޭން ފެށުން ކަމަށް މޯލްޑިވްސް އެއާރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.

ރާއްޖެ އަންނަ އެއާލައިންތަކުގެ ތެރެއިން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް އިން ފްރާންސްގެ ގައުމީ އެއާލައިން، އެއާ ފްރާންސްއަށް ރަސްމީކޮށް މިހާރު ވަނީ ހިދުމަތް ދޭން ފަށާފަ އެވެ. 

ޓާމިނަލް 1 އިން އެއާ ފްރާންސްއަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، މަންޓާ އެއާލައިންގެ ޑެޕިއުޓީ ސީއީއޯ އަދި އެކައުންޓަބަލް މެނޭޖަރު އަހުމަދު މައުމޫން އެވެ. މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި އެވެ.

ވީއައިއޭ ޓާމިނަލް އެކަކުން އެއާ ފްރާންސްއަށް ޚިދުމަތްދޭން ފެށި ރަސްމިއްޔާތުގެ ތެރެއިން. --ފޮޓޯ:އެމްއޭސީއެލް

މި ރަސްމިއްޔާތުގައި އެއާ ފްރާންސްގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެއާލައިނުން ފުރި 51 ފަސިންޖަރުންނަށް ހާއްސަ ހަދިޔާތަކެއް ވަނީ ދީފަ އެެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި އެއާ ފްރާންސްގެ ފުރަތަމަ ފްލައިޓް، އިން ރާއްޖެ އައި 332 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.

ވީއައިއޭ ޓާމިނަލް އެކަކުން އެއާ ފްރާންސްއަށް ޚިދުމަތްދޭން ފެށި ރަސްމިއްޔާތުގެ ތެރެއިން. --ފޮޓޯ:އެމްއޭސީއެލް

އެއާ ފްރާންސަކީ ޓާމިނަލް 1 އިން ޚިދުމަތް ދޭން ފެށި ފްރާންސްގެ ފުރަތަމަ އެއާލައިނެވެ. އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ 2 ނޮވެންބަރު 2017 ގައެވެ.

އެއާ ފްރާންސްއާ އެކު ޓާމިނަލް 1 އިން މިހާރު ދަނީ 36 އެއާލައިނަކަށް ހިދުމަތް ދެމުންނެވެ. އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށް ވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ޚިދުމަތެއް ފޯރުކޮށްދިނުމެވެ.

ކިޔުންތެރިންގެ ހިޔާލު