ENGLISH

19 އޭޕްރީލު 2025

Advertisement

ރައީސް ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު އެއް މަހުގެ މުސާރަ ދެވޭވަރު ވެސް ނެތް: މެމްބަރު މަމްދޫހު

03 ޑިސެމްބަރު 2024

|

އާމިނަތު މައިހާ

ފުނަދޫ ދާއިރާގެ މަޖިލިސް މެމްބަރު، މުޙައްމަދު މަމްދޫހު އެމްއެމް ޓީވީ ގެ "ބޮޑު ޚަބަރު" ޕްރޮގްރާމްގައި ވާހަކަދައްކަވަނީ. --ފޮޓޯ:އެމްއެމް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމުގެ ހުވާ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ކުރައްވައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު އެ މަހުގެ މުސާރަ ދޭނެ ވަރުވެސް ދައުލަތުގައި ނުހުންނާނެ ކަމަށް ފުނަދޫ ދާއިރާގެ މަޖިލިސް މެމްބަރު، މުޙައްމަދު މަމްދޫހު ވިދާޅުވެއްޖެ އެވެ.

އެމްއެމް ޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މެމްބަރު މަމްދޫހު ވިދާޅުވީ ނިމިދިޔަ ވެރިކަމުގައި 8 ބިލިއަން ރުފިޔާ ޗާޕުކޮށް އަދި އެކި ގޮތްގޮތަށް އެމްއެމްއޭގެ ތެރެއިން 15 ބިލިއަން ރުފިޔާ ބޭރުކުރެވިގެންދިޔަ ކަމަށެވެ. އަދި ރާއްޖޭގެ ވެރިކަމުގެ ތާރީޚުގައި ނެގި އެންމެ ގިނަ އަދަދެއްގެ ލޯނު ވެސް ނެގީ ނިމިދިޔަ ވެރިކަމުގައި ކަމާއި ލޯނުގެ ޖުމްލަ 64 ބިލިއަނަށް އަރާ ކަމަށް ވެސް މެމްބަރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ. 

"ކޮވިޑާ އެކީގައި ދިވެހިރާއްޖެއަށް މާލީ އެކި އެކި އިދާރާތަކުން އަންގަމުންދިޔަ ތަފާތު އެންގުންތަކާ، އަދި އޭރުގެ އެމްޑީޕީގެ ސަރުކާރާއި، ސަރުކާރުގެ އިސް ވެރިންނާ އޭރުގެ ފިނޭންސް މިނިސްޓްރީގެ ތެރެއިން، އެކުލަވާލެވުނު މާލީ އިސްލާހީ އެޖެންޑާއެއް، އެއީ ޚަރަދު ކުޑަކުރުމަށް އަދި އާމްދަނީ އިތުރުކުރުމަށް، މިއިން އެއްވެސް ކަމަކަށް އަމަލު ނުކޮށް، އެ އެޖެންޑާގައި ފާހަގަކޮށްފައި ހުރި ކަންތައް، ހަމަ އެއްކޮށް ބޮލާލާ ޖަހައި، އާމްދަނީ އިތުރުކުރުމަށް ދިވެހި ލޮބުވެތި ރައްޔިތުންގެ ޖީބަށް އަތްބޭނުން އޭރުގެ އެމްޑީޕީ ސަރުކާރަށް އެއީކަމަށް ހަމަ އެކަނި އޮތް މަގަކީ ފެނިގެން ވެރިކަމެއް ކުރީ" މެމްބަރު މަމްދޫހު ވިދާޅުވި އެވެ. 

އެމްޑީޕީގެ ސަރުކާރު ބަދަލު ނުވި ނަމަ ދިވެހި ރާއްޖެ އިގްތިސާދީ ގޮތުން ސަލާމަތް ނުކުރެވޭ ހާލަތަށް ދާނެ ކަމަށް ވެސް މެމްބަރު ވިދާޅުވި އެވެ. އަދި އެ ސަރުކާރު ނިމެންދިޔަ ދަނޑިވަޅުގައި ވެސް ތަފާތު ކުންފުނިތައް އުފައްދާ ނުގަވައިދުން ޕްރޮޖެކްޓްތައް ހަވާލުކޮށް ޕްރޮޖެކްޓްތަކުގެ އެޑްވާންސް ޕޭމެންޓް ދައުލަތުގެ ތެރެއިން ދޫކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. 

ކޮވިޑަކީ ހުއްޖަތެއްކަމުގައި ދައްކައިގެން އޭރުގެ ސަރުކާރުން ވަނީ ބޮޑެތި އަދަދުތަކުން ލޯނުތަކެއް ނަގާފައިކަން ފާހަގަކުރައްވައި މެންބަރު ވިދާޅުވީ ހަޤީޤަތަކީ ދިވެހި ތާރީޚުގައި ނުލިބޭ ވަރަށް ރާއްޖެއަށް ކޮވިޑްގެ ދެ އަހަރު ތެރޭގައި ހިލޭ އެހީ ލިބިގެން ދިޔަ ކަމަށެވެ. ތިރީސް އަހަރު ވެރިކަން ކުރެއްވި ބޭފުޅެއްގެ ވެރިކަމުގެ ތެރޭގައި ޖުމްލަ ނުލިބޭ އަދަދަކާއި ގާތްކުރާ އަދަދަކަށް ހިލޭ އެހީ ކޮވިޑު ތެރޭގައި ލިބުނު ކަމަށް ވެސް ވިދާޅުވިއެވެ.

އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮތް މަޖިލީހަކުން ދައުރެއް ނިމިދިޔަ އިރު ޕްރޮޖެކްޓްތަކަށް ޖެހީ ތާކުންތާކު ނުޖެހޭ ބިލުތަކެއްކަން މެމްބަރު ފާހަގަކުރެއްވި އެވެ. އެގޮތުން ރަށެއްގެ ބަނދަރު ހެދުމަށް 69 މިލިއަން ރުފިޔާ ބޭނުންވާ އިރު، އެ ސަރުކާރުން ބަނދަރެއް ހިއްކުމަށް ތިން މިލިއަން ރުފިޔާ ވެސް ޖަހާފައިވާ ކަމަށް ވިދާޅުވި އެވެ. އަދި އެމްޑީޕީގެ ސަރުކާރުން ވަނީ ވެރިކަން ނިމެންދިޔަ ދަނޑިވަޅުގައި ގާތްގަނޑަކަށް 322 ޕްރޮޖެކްޓް ކުއްލިއަކަށް އެއްވެސް ފައިނޭންސެއް ނެތި ސޮއިކޮށްފައި ކަމަށް ވެސް ވިދާޅުވި އެވެ. 

ކިޔުންތެރިންގެ ހިޔާލު