ENGLISH
06 ޖުލައި 2025
ޤައުމީ ވޮލީ ލީގު: ދަޑިމަގު އަތުން ޕޮލިހަށް ފަސޭހަ މޮޅެއް
05 ޖުލައި 2025
|
މުބާރާތުގައި ވާދަކުރާ ޕޮލިސް ކްލަބުގެ ކުޅުންތެރިން. --ފޮޓޯ: ވީއޭއެމް
މިހާރު ކުރިއަށްދާ ޤައުމީ ވޮލީބޯލް ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ދަޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް އަތުން ފަސޭހަކަމާއެކު ޕޮލިސް ކްލަބް މޮޅުވެއްޖެއެވެ.
މި މެޗުން ޕޮލިސް ކްލަބް މޮޅުވީ ސީދާ ތިން ސެޓުންނެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުޅުނު މެޗުގައި ޕޮލިހުން ސެޓުތައް ކާމިޔާބުކުރީ 25-14، 25-22 އަދި 25-11 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕޮލިސް ކްލަބުގެ ބިދޭސީ ކުޅުންތެރިޔާ، ޗިރާގް އެވެ.
މި މުބާރާތުގައި ޕޮލިސް ކްލަބު ކުޅުނު ފުރަތަމަ މެޗުގައި ހުރާ ކޮމިއުނިޓީ ކްލަބް އަތުން ވަނީ ބަލިވެފައެވެ. ދަޑިމަގު ޓީމު ވަނީ އެންމެ ފަހުގެ ޗެމްޕިއަން، ކްލަބް އެޗްޑީސީ ބަލިކޮށްފައެވެ.
މުބާރާތުގައި ޕޮލިސް ކްލަބު ދެން ކުޅޭ މެޗުގައި މާދަމާ ހަވީރު ނުކުންނާނީ ދިވެހި ސިފައިންގެ ކްލަބާ ދެކޮޅަށެވެ.