ENGLISH
19 އޭޕްރީލު 2025
ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕު ބައްދަލުވުމާ ބެހޭ ގޮތުން އަދަދު ނޫހުން ފަތުރަނީ ދޮގު: މިނިސްޓަރ ޢަލީ އާރިފް
03 ޑިސެމްބަރު 2024
|
މިނިސްޓަރ ޢަލީ އާރިފް ޕީއެންސީގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ
އިއްޔެ އޮތް ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުގެ ބައްދަލުވުމުގައި ބައެއް މެންބަރުން ޕާޓީގެ ޗެއާޕާސަނަށް ބޮޑެތި ބާރުތަކެއް ނުދީގެން ނުރުހުން ފާޅުކުރި ކަމަށް އޮންލައިން ނޫހަކުން ފެތުރުވި ވާހަކަ އަކީ ދޮގެއްކަން އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މިނިސްޓަރަކު ވިދާޅުވެއްޖެއެވެ.
އިއްޔެގެ ބައްދަލުވުމުގައި ދައުލަތުގެ ބައެއް ވަޒީރުން ވަކިކުރުމަށާއި، އެ ބޭފުޅުން ވަކި ނުކުރާ ނަމަ ޕާޓީ ދޫކުރައްވާނެ ކަމަށް ބައެއް މެންބަރުން އިންޒާރު ދެއްވި ކަމަށް އޮންލައިން ނޫސް "އަދަދު"އިން ރިޕޯޓުކުރި ނަމަވެސް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ރައީސް އޮފީހުގެ މިނިސްޓަރު ޢަލީ އާރިފު ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގު ކަމަށާއި އެފަދަ އެއްވެސް ވާހަކައެއް އެ ބައްދަލުވުމުގައި މެމްބަރުން ނުދައްކަވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ދެ މިނިސްޓަރުންކަމަށްވާ އަލީ އާރިފާއި އަބްދުﷲ ނާސިރު އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން މެންބަރުންގެ ކަންބޮޑުވުންތައް އަޑުއެއްސެވިއެވެ.
އެ ކަންބޮޑުވުންތަކުގައި މިނިސްޓަރުން ވަކިކުރުމާއި ވަކި ބޭފުޅަކަށް ޕާޓީގެ ބާރުތައް ދިނުމާ ގުޅޭ ވާހަކައެއް ނުދައްކަވައެވެ.
މަޖިލީހުގެ ރައީސް ދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲއަށް ޕާޓީގެ ހިންގެވުން ހަވާލު ނުކޮށްގެން ބައެއް މެންބަރުން އަޑުއުފުއްލެވި ކަމަށް ފަތުރަމުންދާ ވާހަކަތައް ވެސް ޢަލީ އާރިފު ދޮގުކުރެއްވި އެވެ.