ENGLISH

18 ޑިސެމްބަރު 2025

Advertisement

ހަނިމާދޫގައި ޕާސްޕޯޓްގެ ޚިދުމަތް ދޭން ފަށައިފި

18 ޑިސެމްބަރު 2025

|

އާމިނަތު ނުޒްލާ

ހަނިމާދޫގައި ޕާސްޕޯޓްގެ ޚިދުމަތް ފެށުން--ފޮޓޯ:އިމިގްރޭޝަން

ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކުރުމުގެ މަޝްރޫއުގެ ދަށުން، ހދ. ހަނިމާދޫގައި ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ތައާރަފުކޮށްފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.

އިމިގްރޭޝަނުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ، އެ ހިދުމަތް ހަނިމާދޫގައި ރަސްމީކޮށް ފަށާފައިވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ.

ރާއްޖޭގެ ހުރިހާ އަތޮޅަކުން އައިޑީ ކާޑާއި ޕާސްޕޯޓު ހެއްދުމުގެ ޚިދުމަތް ދޭން ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންނެވި ވައުދުފުޅެކެވެ.

އެ ވައުދުފުޅާ އެއްގޮތަށް ހުރިހާ އަތޮޅަކުން އައިޑީ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް މިހާރު އަންނަނީ ދެމުންނެވެ. އެންމެ ފަހުން ޕާސްޕޯޓުގެ ހިދުމަތް ތައާރަފްކޮށްފައި ވަނީ ހއ. ކެލާގަ އެވެ.

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމުގެ ގޮތުން އެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ސިޔާސަތެއް ވެސްމެއެވެ.

ލާމަރުކަޒީ އުސޫލުން، ރައްޔިތުންނާ ގާތަށް ޚިދުމަތްތައް ގެނެސްދެއްވުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވާ، މުހިންމު ސިޔާސަތެކެވެ. ރައްޔިތުންގެ އަސާސީ މުހުތާދުތައް ރަށުގައި ތިބެގެން ފުއްދޭނެ އިންތިޒާމު ހަމަޖައްސަވައި، ބޮޑު ޚަރަދުކޮށް މާލެ އައިސް ކޮންމެ ކަމެއް ކުރަން ރައްޔިތުން އުފުލާ ބުރަ ނިމުމަކަށް ގެނެސްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ އަމާޒުފުޅުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ދިވެހިން ގިނައިން ދިރިއުޅޭ އެހެން ގައުމުތަކުގައި ވެސް ޕާސްޕޯޓާއި އައިޑީ ކާޑުގެ ޚިދުމަތް ދިނުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އިނގިރޭސިވިލާތާއި އިންޑިއާގައި މި ހިދުމަތް ދޭން ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށް އެ ޑިޕާޓްމެންޓުން ބުނެފައިވާއިރު، މެލޭޝިއާ އަދި ލަންކާގައި މިހާރު އައިޑީކާޑުގެ ހިދުމަތް ވަނީ ފަށައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު