ENGLISH
18 ޑިސެމްބަރު 2025
ސިވިލް ސޮސައިޓީ އެވޯޑް 7 ޖަމިއްޔާއަކަށް ދީފި
18 ޑިސެމްބަރު 2025
|
ސިވިލް ސޮސައިޓީ އެވޯޑް ލިބުނު ޖަމިއްޔާތައް. 7 ޖަމިއްޔާއަކަށް ވަނީ އެވޯޑް ދީފަ. ފޮޓޯ: ޒުވާނުންގެ ވުޒާރާ
ރަށު ފެންވަރުގައި އަދި ޤައުމީ ފެންވަރުގައި މަދަނީ ޖަމިއްޔާތައް ކުރަމުންދާ މަސައްކަތްތަކުގެ އަގުވަޒަންކުރުމަށް، ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ސިވިލް ސޮސައިޓީ އެވޯޑް 7 ޖަމިއްޔާއަކަށް ދީފިއެވެ.
ސިވިލް ސޮސައިޓީ އެވޯޑް ދިނުމުގެ ޙަފްލާ ރޭ އޮތީ، ޒުވާނުންގެ ވުޒާރާއިން މިދިޔަ ނޮވެމްބަރު މަހު ހުޅުވީ ޔޫތު ހަބްގައެވެ. އެވޯޑް ޙަވާލުކޮށްދެއްވީ ޒުވާނުންގެ ވުޒާރާގެ ވަޒީރު އިބްރާހީމް ވަޙީދު އެވެ.
ޒުވާނުންގެ ވެހީގައި ކުރިއަށްދިޔަ ސިވިލް ސޮސައިޓީ އެވޯޑް ދިނުމުގެ ޙަފްލާގެ ތެރެއިން. ފޮޓޯ: ޒުވާނުންގެ ވުޒާރާ
ހަފްލާގައި ވާހަކަދައްކަވަމުން ވަޒީރު އިބްރާހީމް ވަޙީދު ވިދާޅުވީ، ސިވިލް ސޮސައިޓީ އެވޯޑު މިއަހަރު 7 ޖަމިއްޔާއަކަށް ލިބުނު ނަމަވެސް 2026 ވަނަ އަހަރުގެ މި އެވޯޑަށް ގިނަ ދާއިރާތަކެއް އިތުރުކޮށް ގިނަ ޖަމިއްޔާތަކެއްގެ އަގުވަޒަން ކުރާނެ ކަމަށެވެ. އަބަދުވެސް މަސައްކަތް ކުރާނީ މަދަނީ ޖަމިއްޔާތަކާއި އެކު ކަމަށާއި މަދަނީ ޖަމިއްޔާތައް ބާރުވެރިކޮށް ކުރިއެރުވުމަކީ އެ ވުޒާރާއިން އެންމެ އިސްކަމެއް ދެއްވާނެ ކަމެއް ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ.