ENGLISH

18 ޑިސެމްބަރު 2025

Advertisement

ގުޅީގައި އިމާރާތްކުރާ ހަ ކްލާސް ރޫމާއި މަލްޓިޕަރޕަސް ހޯލުގެ ތަނބުތަކުގެ މަސައްކަތް ކުރިއަށް

18 ޑިސެމްބަރު 2025

|

އާމިނަތު ނުޒްލާ

ގުޅީގައި އިމާރާތް ކުރަމުން އަންނަ ހަ ކްލާސް ރޫމް އަދި މަލްޓިޕާޕަސް ހޯލްގެ މަސައްކަތް ކުރިއަށްދަނީ--ފޮޓޯ:އެމްޓީސީސީ

ކ. ގުޅީ ސްކޫލްގައި ތަރައްޤީކުރާ ހަ ކްލާސްރޫމް އަދި މަލްޓިޕަރޕަސް ހޯލުގެ މަސައްކަތުގެ ދަށުން މިހާރު ކުރިއަށް ދަނީ އިމާރާތުގެ ތަނބުތަކުގެ މަސައްކަތް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

އެމްޓީސީސީން ބުނީ މިހާރު ކުރިއަށްދަނީ ފުރަތަމަ ފަންގި ފިލާގެ ބާރ ބެންޑިންގ އާއި ފްރޭމް ވޯކް ހެދުމުގެ މަސައްކަތް ކަމަށެވެ.

ބާ ބެންޑިންގެ މަސައްކަތް ކުރިއަށްދަނީ--ފޮޓޯ:އެމްޓީސީސީ

މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ މި އަހަރުގެ އޭޕްރިލް މަހުގެ ތެރޭގަ އެވެ. 

ގުޅީގައި އިމާރާތްކުރާ ހަ ކްލާސް ރޫމް އާއި މަލްޓި ޕާޕަސް ހޯލު ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ޚިދުމަތް ދެވެން ފެށުމާއެކު، އެރަށުގައި ކިޔަވަމުންދާ ދަރިވަރުންގެ އިތުރުން އެ ސްކޫލުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވެސް ވަރަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު