ENGLISH

19 އޭޕްރީލު 2025

Advertisement

ގައުމު ބަނގުރޫޓުވުމާ ގުޅޭ ގޮތުން ދައްކަމުން އައި ވާހަކަ މިހާރު ހުއްޓިއްޖެ: ޒަމީރު

03 ޑިސެމްބަރު 2024

|

އެމްއެމް ނިއުސް ޓީމް

މިނިސްޓަރ މޫސާ ޒަމީރު މަޖިލީހުގައި މިއަދު ވާހަކަ ދައްކަވަނީ

ގައުމު ބަނގުރޫޓޫވުމާ ގުޅޭގޮތުން ދައްކަމުން އައި ވާހަކަތައް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މަސައްކަތްޕުޅުން މިހާރު ހުއްޓިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ޒަމީރު ވިދާޅުވީ ސަރުކާރާ ހަވާލުވިއިރު 124 ބިލިއަން ރުފިޔާގެ ދަރަނި ދައްކަންވެފައި އޮތް ކަމަށެވެ. އޭގެ ތެރެއިން ދެބައިކުޅަ އެއް ބަޔަކީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގެ ދަރަނި ކަމަށެވެ. ޖުމްލަ އާމްދަނީ 24 އިންސައްތަ ދަރަނި ދައްކަން ހަރަދުކުރަން ޖެހޭ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ދަރަނި ދައްކަންވެފައި އޮތް ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މަސައްކަތްޕުޅާ އެކު ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދެވޭނެ ގޮތަށް ބަޖެޓު އެކަށައެޅިފައިވާ ކަމުގަ އެވެ.

"ޑިއުވާ ހުރިހާ ދަރަންޏެއް ދައްކަން އުޅެ، ރައްޔިތުންނަށް ހިދުމަތްދޭން މަސައްކަތްކޮށްފި ކަމަށް ވަންޏާ އައިއެމްއެފްގެ ރިޕޯޓުގައި އޮތްގޮތަށް އަޅުގަނޑުމެން ބަނގުރޫޓުވާނެ،" ޒަމީރު ވިދާޅުވި އެވެ.

އެހެންނަމަވެސް، ރައީސްގެ މަސައްކަތްޕުޅާ އެކު އެ ހާލަތު އިން މިހާރު ރާއްޖެ ނެރެފައިވާ ކަމުގަ އެވެ. އާމްދަނީއަށް ފަހިވާގޮތަށް ކަންކަން ހަރުދަނާކޮށް، ހަރަދުތައް "ރެޝަނަލައިޒް" ކޮށް، ރަހުމަތްތެރި ގައުމުތަކާ މުއާމަލާތުކޮށްގެން ދައްކަން ޖެހޭ ބައެއް ދަރަނިތަކުގެ މުއްދަތު އިތުުރުކުރުމުގެ ކަންކަން ހަމަޖެހިފައިވާކަން ޒަމީރު ފާހަގަކުރެއްވި އެވެ.

ޒަމީރު ވިދާޅުވީ ދަރަނިތަކުން ސަލާމަތް ކުރުމަށް ރައީސް ވަނީ ގިނަ ޕްލޭންތަކެއް ހައްދަވާފައި ކަމަށާއި މެނިފެސްޓޯގައި ވެސް އެ ކަންކަމަށް އަލިއަޅުވާލާފައިވާ ކަމަށެވެ. އަދި މިދިޔަ އަހަރު ދުވަހުގެ ތެރޭގައި ކާމިޔާބު މަސައްކަތްތަކެއް ކުރެވި، ގައުމު ދަރަނިވެރިވުމުގެ ހާލަތުން ގާތްގަނޑަކަށް ސަލާމަތް ކުރެވިފައިވާ ކަމަށެވެ.

"މިހާރު އަޅުގަނޑަކަށް ހިޔެއް ނުވޭ އެއްވެސް ބަޔަކު ވާހަކަ ދައްކާހެނެއް. އައިއެމްއެފުން ވެސް، ރޭޓިން އެޖެންސީތަކުން ވާހަކަ ދެއްކިއިރު ވެސް ބުނެފައި ހުންނާނެ ހަރަދު ކުޑަކުރާށޭ، ހަރަދު ކުޑަކުރާށޭ. އެކަމަކު ރާއްޖެ ބަނގުރޫޓުވުމާ ގުޅޭ ވާހަކަ ދެއްކުން ހުއްޓިއްޖެ،" ޒަމީރު ވިދާޅުވި އެވެ.

އެކަން އެގޮތަށްވީ ރައީސްގެ ހަރުދަނާ ސިޔާސަތުގެ ދަށުން ކަމުގައި މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ކިޔުންތެރިންގެ ހިޔާލު