ENGLISH

19 އޭޕްރީލު 2025

Advertisement

އާރބަން ޑިވެލޮޕްމަންޓް ބިލް ރައީސް ތަސްދީޤު ކުރައްވައިފި

03 ޑިސެމްބަރު 2024

|

އެމްއެމް ނިއުސް ޓީމް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާރބިލް ޑިވެލޮޕްމަންޓް ބިލް ދަސްދީޤު ކުރައްވަނީ. ފޮޓޯ: ރައީސް އޮފީސް

މި ސަރުކާރުން ސްޕޮންސާރކޮށްގެން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ފާސްކުރި އާބަން ޑިވެލޮޕްމަންޓް ބިލު ތަސްދީގު ކުރައްވައިފި އެވެ.

މިދިޔަ މަހުގެ 27 ވަނަ ދުވަހު މަޖިލީހުން ފާސްކުރި އެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވީ ރެ އެވެ.

އެ ޤާނޫނު ސަރުކާރުގެ ގެޒެޓުގައި ރޭ ޝާއިއުކޮށްފައިވާ އިރު އެ ޤާނޫނަށް އަމަލުކުރަން ފަށާނީ މިއަދުން ފެށިގެން ހަމަސް ދުވަސް ފުރޭ ތާރީޚުން ފެށިގެންނެވެ.

އާރބަން ޑިވެލޮޕްމަންޓްގެ ގާނޫނުގެ ދަށުން ރާއްޖޭގައި އާރބަން ސަރަހައްދުތައް ކަނޑައެޅުމާއި، އާރބަން ސަރަހައްދުތައް ތަރައްޤީކޮށް ހިންގުމާގުޅޭ ޤައުމީ ސިޔާސަތު ކަނޑައަޅާނީ ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.

އަދި އެ ޤާނޫނަށް އަމަލުކުރަން ފެށުމާއެކު، އެ ޤާނޫނުގެ ދަށުން ކަނޑައަޅާ އާރބަން ސަރަހައްދުތަކުގެ އާރބަން އޭރިޔާ ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭން ތައްޔާރުކޮށް، އެފަދަ ސަރަހައްދުތައް ތަރައްގީކުރާ ފަރާތްތަކަށް ތަރައްޤީކުރުމުގެ ހުއްދަތައް ދިނުމާއި، އެފަރާތްތަކުން އެ ސަރަހައްދުތަކުގައި ކުރިއަށްގެންދާ ތަރައްގީގެ މަސައްކަތްތައް ވިލަރެސް ކުރުމަށްޓަކައި، "އާރބަން ޑިވެލޮޕްމަންޓް އޮތޯރިޓީ" ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފެދޭނެކަމުގައި ޤާނޫނުގައި ބަޔާންކޮށްފައިވެ އެވެ.

އެ އޮތޯރިޓީ ހިނގަމުންދާނީ އުމްރާނީ ތަރައްޤީގެ ސިޔާސަތުތައް ތަންފީޒުކުުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ޙަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގެ ދަށުން ކަމަށް ވެސް އެ ޤާނުނުގައި ބުނެފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު