ENGLISH
11 އޭޕްރީލު 2025
ގޯލްޑް ކަޕް 2024: އައްޑޫ ސިޓީ އާއި ތިމަރަފުށި ދެވަނަ ބުރަށް
03 ޑިސެމްބަރު 2024
|
ހުރާ ކޮޅަށް ލަނޑުޖެހުމަށް ފަހު އައްޑޫ ސިޓީގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: އަބްދުﷲ އަބީދު
މިހާރު ކުރިއަށްދާ ނައިންޓީ ޕްލަސް ގޯލްޑް ކަޕްގެ ދެވަނަ ބުރުން އައްޑޫ ސިޓީ އާއި ތ. ތިމަރަފުށިން ޖާގަ ހޯދައިފިއެވެ.
މުބާރާތުގެ ގްރޫޕް ސީގައި ކުޅުނު ފުރަތަމަ ދެ މެޗުން އެއްވަރުވި، އައްޑޫ ސިޓީން ވަނީ ގްރޫޕުގެ ފަހު މެޗުގައި ކ. ހުރާ އަތުން 1-0 އިން މޮޅުވެފައެވެ.
ގަަލޮޅު ރަސްމީ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި އައްޑޫ ސިޓީ އަށް މި ލަނޑު ޖަހައިދިނީ އިބްރާހިމް ވަހީދު ހަސަން (އިއްބެ) އެވެ. އޭނާ މި ލަނޑުޖެހީ އެ ޓީމުގެ ހާޒިމް ފައުޒީ (ހަތީ) ދިން ބޯޅައަކުންނެވެ.
މި މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ގްރޫޕް ބީގައި ހިމެނޭ ތިމަރަފުށިން ވަނީ 4-2 ގެ ނަތީޖާއަކުން ބ. ތުޅާދޫ ބަލިކޮށްފައެވެ.
މި މެޗުގައި ތިމަރަފުށީގެ ލަނޑުތައް ޖަހައިދިނީ އަބްދުﷲ ޒިޔާން، އިބްރާހިމް ސިނާހު (ސިނާ)، އާދަމް ނާސިހު (އާދަންނަ) އަދި އަހުމަދު އަފްލާޒް އެވެ.
ތުޅާދޫގެ ދެ ލަނޑުގެ ތެރެއިން އެއް ލަނޑަކީ ތިމަރަފުށީގެ ޑިފެންޑަރު، އަނޫފް އަހުމަދު އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. އެ ޓީމުގެ އަނެއް ލަނޑުޖަހައިދިނީ އަހުމަދު ރަޝީދު (އައްމަޑޭ) އެވެ.