ENGLISH
19 އޭޕްރީލު 2025
މިހާރު ކުރިއަށްގެންދާ އެންމެ ބޮޑު މަސައްކަތަކީ ޤަވައިދާ ޙިލާފަށް އުޅޭ ބިދޭސިންގެ ކަންކަން ޙައްލުކުރުން: ޝައްމާން
02 ޑިސެމްބަރު 2024
|
ކޮންޓްރޯލާރ ޖެނަރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝައްމާން ވަޙީދު އެމްއެމް ޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމްގައި
މިހާރު ކުރަމުންދާ އެންމެ ބޮޑު މަސައްކަތަކީ ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ޑީޕޯޓުކުރުން ކަމަށް ކޮންޓްރޯލާރ ޖެނަރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝައްމާން ވަޙީދު ވިދާޅުވެއްޖެއެވެ.
އެމްއެމް ޓީވީގެ "ބޮޑު ޚަބަރު" ޕްރޮގަރާމުގައި ވާހަކަ ދައްކަވަމުން ކޮންޓްރޯލާރ ޖެނަރަލް އޮފް އިމިގްރޭޝަން ވިދާޅުވީ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަކީ އިމިގްރޭޝަނުން ހާއްސަ ސަމާލުކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ. މި އަހަރު އެކަނިވެސް، ޤަވައިދާ ޙިލާފަށް އުޅޭ 5،000 އާ ގާތްކުރާ އަދަދަކަށް ބިދޭސީން ޑީޕޯޓްކޮށްފައިވާނެ ކަމަށާއި މިއީ މީގެކުރިން އެއްވެސް ސަރުކާރަކުން ކޮށްފައިނުވާ މަސައްކަތެއްކަމަށް ވެސް ޝައްމާން ފާހަގަކުރެއްވިއެވެ.
އަންނަ އަހަރު މި މަސައްކަތް ރާއްޖެތެރެއަށް ފުޅާކުރާނެކަމަށާއި އަދި މިއަހަރު ވެސް ކ.ގުރައިދޫގައި ވަރަށް ކާމިޔާބު އޮޕަރޭޝަނެއް ހިންގާފައިވާކަމަށް ޝައްމާނުގެ ފުރަތަމަ ލައިވް ޓޯކް ޝޯވްގައި ވިދާޅުވިއެވެ. ކޮންޓްރޯލާރ ޖެނަރަލް އޮފް އިމިގްރޭޝަން ޝައްމާން ވަނީ ރަށު ކައުންސިލްތަކަށާއި އަތޮޅު ކައުންސިލުތަކަށް ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީން އެރަށަކަށް އެރުވުން މަނާކޮށް، އެރަށަކުން ބޭލުމަށް ގޮވާލައްވައިފައެވެ.