ENGLISH

19 އޭޕްރީލު 2025

Advertisement

ޤައުމިއްޔަތުގެ ފިކުރަކީ ދިވެހިންގެ އެއްބައިވަންތަކަމާއި އެއްގޮތްކަން: ވަޒީރު އާދަމް ނަޞީރު

02 ޑިސެމްބަރު 2024

|

އާމިނަތު މައިހާ

ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް، އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަނީ. --ފޮޓޯ: އެމްއެމް ޓީވީ

ޤައުމިއްޔަތުގެ ފިކުރަކީ ދިވެހިންގެ އެއްބައިވަންތަކަމާއި އެއްގޮތްވަންތަކަން ކަމަށް ދިވެހި ބަހާއި ސަގާފަތާ ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް މިރޭ ވިދާޅުވެއްޖެ އެވެ. 

އެމްއެމް ޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ ދިވެހީންނަކީ އެތައް ޒަމާނެއް ވަންދެން އެއްބައިވަންތަކަމާއި އެކުވެރިކަމުގެ ނަމޫނާ ދައްކާ ބައެއް ކަމަށެވެ. 

މީގެ އިތުރުން ދިވެހި ރާއްޖޭގައި މީހުން ވަޒަންވެރިވި ވަކި ތާރީޚެއް މިހާތަނަށް އެނގިފައި ނުވާކަމަށާއި އެހެންކަމުން ދިވެހި ރާއްޖެއަކީ ވަރަށް ދޮށީ އަދި ވަރަށް ގަދީމީ ދައުލަތެއްކަން އެނގޭކަން ވެސް ވަޒީރު ފާހަގަކުރެއްވި އެވެ.

"އެޗްސީޕީ ބެލް ލިޔެފައިވާ ލިޔުންތަކުން އެނގިގެންދަނީ ދިވެހީންގެ އެވޭލާކަން ކަމަށް އެނގޭ. މިއީ ޤައުމެއްގެ ނިސްބަތަކުން އުފެދޭ ވަރަށް ފުން ކަމެއް،" ވަޒީރު އާދަމް ނަޞީރު ވިދާޅުވިއެވެ.

ރާއްޖެ އަކީ ފުރަތަމަ ވަޒަންވެރިން، ވަޒަންވެރިވި ޤައުމެއްކަން ފާހަގަ ކުރައްވައި ވަޒީރު ވިދާޅުވީ ވަޒަންވެރިކަމަށް ކިޔާ ޢިލްމީ ނަމެއް ވެސް އޮންނަ ކަމަށެވެ.

"އެއީ އެބޮރެޖްނަލްސް. އަދި އެމީހުންނާ ގުޅިގެން އިތުރުވުމަށް އަންނަ މީހުންނަށް ޢިލްމީ ގޮތުން ދެވިފައިވަނީ އިންޑިޖިނަސް. މީގެ އިތުރުން ބަޔަކު ވަޒަންވެރިވި ސަބަބު އަދި އެނޫންވެސް އެމީހުންގެ މައުލޫމާތު އެނގޭނަމަ އެމީހުންނަށް ދެވިފައިވާ ނަމަކީ އިމިގްރެންޓްސް،" ތަފްސީލް ދެއްވަމުން ވަޒީރު އާދަމް ނަޞީރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު