ENGLISH
19 އޭޕްރީލު 2025
ދޮގު ވާހަކަ ފަތުރާތީ، އެންސްޕާ އިން ނޫސްބަޔާނެއް ނެރެފި
02 ޑިސެމްބަރު 2024
|
އެންސްޕާ ހިންގާ އޮފީސް.
ދޮގު ވާހަކަތައް ފަތުރަމުންދާތީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން މިރޭ ބަޔާނެއް ނެރެފިއެވެ.
އެ ބަޔާނުގައި ވިދާޅުވެފައި ވަނީ މި އޭޖެންސީ ހިންގަމުންދާ "މޫކައި ސުއިޓްސް" އިމާރާތް މަރާމާތުކުރުމަށްޓަކައި ހުސްކުރުމަށް އަންގާފައިވާތީވެ، މި އެޖެންސީ ހިންގާނެ ތަނެއް ހޯދުމަށް މާލީ ވުޒާރާގެ އޯޕަން ޓެންޑަރ އިން ހުޅުވާލައިގެން، ކަނޑައެޅިފައިވާ ޤަވާއިދުތަކާއި އުޞޫލުތަކުގެ މަތިން އެވޯޑްކޮށް، މި އެޖެންސީ ހިންގުމަށް ލިބިފައިވާ އިމާރާތުގެ ފަންގިފިލާތައް މޯލްޑިވްސް މީޑިޔާ ހައުސް އިން ކުއްޔަށް ހިފުމުގެ މަސައްކަތްތައް ވަނީ ކުރެވިފައެވެ. މި މުއާމަލާތާ ގުޅިގެން ކުންފުނީގެ އަގު ވައްޓާލައި، ބަދުނާމުކުރުމަށް ހަޤީޤަތާ ޚިލާފު އެތައް ވާހަކަތަކެއް ދައްކާ، މީޑިއާގެ އެކި ވަޞީލަތްތައް ބޭނުންކޮށްގެން އެއްވެސް އަސްލެއް ނެތް ދޮގު ވާހަކަތައް ފަތުރަމުންދިއުމުގެ ސަބަބުން ކުންފުންޏަށް މާއްދީ ގޮތުންނާއި މަޢުނަވީ ގޮތުން ފޫނުބދޭ ވަރުގެ ބޮޑެތި ގެއްލުމާ ކުރިމަތިވެފައިވާތީވެ، މި އެއްބަސްވުން ނިމުމަކަށް ގެނައުމަށް ކުންފުނިން ވަނީ ހުށަހަޅާފައެވެ.
"އެހެންކަމުން، މިކަމާ ގުޅޭގޮތުން މާލީ ވުޒާރާ އާ މަޝްވަރާކުރުމަށްފަހު، އެ އެއްބަސްވުން ނިމުމަކަށް ގެނައުމަށް ވަނީ ނިންމާފައެވެ. އަދި މިކަމާ ގުޅިގެން އިތުރަށް ކުރަންޖެހޭ މުޢާމަލާތްތައް ކުރުމާއި، މި އެއްބަސްވުން ނިމުމަކަށް ގެނައުމަށްފަހު ފުރިހަމަކުރަންޖެހޭ އިޖުރާޢަތްތައް ފުރިހަމަކުރުމުގެ މަސައްކަތްތައް މާލީ ވުޒާރާގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދާ ވާހަކަ ދަންނަވަމެވެ." އެންސްޕާގެ ނޫސްބަޔާނުގައި ވިދާޅުވެފައިވެއެވެ.