ENGLISH

19 އޭޕްރީލު 2025

Advertisement

ސްޓެލްކޯއިން އެމްއެންޑީއެފަށް ބައެއް ތަކެތި ހަދިޔާކޮށްފި

02 ޑިސެމްބަރު 2024

|

އެމްއެމް ނިއުސް ޓީމް

ސްޓެލްކޯއިން އެމްއެންޑީއެފަށް ތަކެތި ހަދިޔާކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: އެމްއެންޑީއެފް

ކަނޑުއަޑީގެ ސާޗް އެންޑް ރެސްކިޔުގައި ބޭނުންކުރާ ވަސީލަތެއް ކަމުގައިވާ ޑީޕް ޓްރެކަރއަކާއި، އުސްއިމާރާތްތަކުގެ އަލިފާން ނިންވުމުގައި އެހީތެރިވެދިނުމަށް، ފެންޖެހުމަށް ބޭނުންކުރާ ޑްރޯނެއް ސްޓެލްކޯއިން އެމްއެންޑީއެފްއަށް މިއަދު ހަދިޔާ ކުރައްވައިފިއެވެ.

މި ޑީޕް ޓްރެކަރއާއި ޑްރޯން ސްޓެލްކޯއިން އެމްއެންޑީއެފްއަށް ހަދިޔާކުރައްވާފައިވަނީ މިއަދު މިކަމަށް ޓަކައި ބަންޑާރަކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

ސްޓެލްކޯއިން ހަދިޔާކުރި ބައެއް ތަކެތި

އެގޮތުން، އެ ވަސީލަތްތައް ސްޓެލްކޯގެ ފަރާތުން އެމްއެންޑީއެފްއަށް ހަވާލުކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ، ޙުސައިން ފަޙުމީއެވެ. އަދި އެމްއެންޑީއެފްގެ ފަރާތުން އެ ވަސީލަތްތަކާ ހަވާލުވެ ވަޑައިގެންނެވީ، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.

މި ވަސީލަތްތައް ހަދިޔާކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި، އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި، ސްޓެލްކޯގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.  

ކިޔުންތެރިންގެ ހިޔާލު