ENGLISH

12 ޑިސެމްބަރު 2025

Advertisement

ސަމާލުވޭ! ދިރާގު ޕޭގެ ނަމުގައި ސްކޭމްތަކެއް ދައުރުވަނީ

12 ޑިސެމްބަރު 2025

|

އާމިނަތު ނުޒްލާ

ދިރާގުގެ ނަމުގައި ސްކޭމް ލިންކްތަކެއް ދަނީ ދައުރު ކުރަމުން.--ފޮޓޯ: ސަރުކާރު

ދިރާގު ޕޭގެ ނަމުގައި އޮޅުވާލައިގެން ފިޝިންގ ލިންކެއް ދައުރުކުރާތީ އެކަމަށް ސަމާލުވުމަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އެދިއްޖެ އެވެ.

އެންޓި ސްކޭމް ސެންޓަރުން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން ދައުރުވާ ފިޝިންގ ލިންކްގައި "ދިރާގު - އަހަރުގެ އައު ހަދިޔާ" (30,000 ރުފިޔާ / 50,000 ރުފިޔާ) ސަރވޭއަކާއި ގިފްޓް ބޮކްސް ގޭމެއް މެދުވެރިކޮށް ލިބޭނެ ކަމަށް ބުނެފައިވެ އެވެ.

އެ ސެންޓަރުން ވަނީ ރައްޔިތުން ސަމާލުވާންވީ ބައެއް މުހިއްމު ކަންތައްތައް ހިއްސާކޮށްފަ އެވެ. އެގޮތުން

ސަމާލުވާންވީ ބައެއް ކަންތައްތައް:

  • ސައްޙަނޫން ލިންކް: މި ވެބްސައިޓްގައި ބޭނުންކޮށްފައިވަނީ ރަސްމީ ނޫން ޔޫއާރުއެލްތަކެއް (މިސާލަކަށް: adfc.okvov.xyz). ދިރާގުގެ ރަސްމީ ވެބްސައިޓްގައި **dhiraagu.com.mv**
  •  ހީލަތްތެރި އެދުން: އިނާމު ހޯދުމަށްޓަކައި 5 ގްރޫޕަކަށް ނުވަތަ 20 ފަރާތަކަށް ލިންކް ފޮނުވުމަށް އެދޭ. 

 މި ލިންކްތައް ފެތުރިގެންދަނީ މިގޮތަށް ކަަމަށްވެސް އެންޓި ސްކޭމް ސެންޓަރުން ވަނީ ބުނެފަ އެވެ. 

އެންޓި ސްކޭމް ސެންޓަރުން ވަނީ މި ލިންކްތަކަށް ނުފިތުމަށް އެދި މިފަދަ އެއްވެސް ކަމެއްގައި ބައިވެނުވުމަށް ވެސް އިލްތިމާސްކޮށްފަ އެވެ. އަދި މިފަދަ ސުވާލުތަކަށް ޖަވާބު ނުދިނުމަށާއި އެއްވެސް ޒާތީ މައުލޫމާތެއް ހިއްސާ ނުކުރުމަށް އެންޓި ސްކޭމް ސެންޓަރުން ވަނީ އެދިފަ އެވެ.

ފުލުހުންގެ އެންޓި ސްކޭމްގެ ސެންޓަރުން އާންމުކޮށްފައިވާ މައުލޫމާތުތަކުން ދައްކާގޮތުގައި ސްކޭމްގެ މައްސަލަތަކުގައި އެންމެ ގިނައިން ބޭނުންކޮށްފައިވަނީ ފޯންކޯލާއި، އައިބޭ އާއި އޮންލައިންކޮށް މެސެޖު ކުރެވޭ މަންސަތަކާއި ފިޝިންގ ލިންކުތައް އަދި ފޭސްބުކް މާކެޓް ޕްލޭސްގަ އެވެ.

ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވެ ތިބުމުގެ ގޮތުން އިތުބާރުކޮށް ފައިސާ ދިނުމުގެ ކުރިން އެ ފަރާތެއްގެ ސައްހަކަން އަބަދުވެސް ކަށަވަރުކުރުމަށާއި، ޒާތީ މައުލޫމާތު އެއްވެސް ގޮތަކަށް ހިއްސާނުކުރުމަށާއި އެޕްލިކޭޝަންތަކުގެ ޓޫ ފެކްޓަރ އޮތެންޓިކޭޝަން ހެދުމަކީ މިފަދަ މައްސަލަތަކުން ރައްކާތެރިވެ ތިބުމަށް އެޅިދާނެ މުހިންމު ފިޔަވަޅުތަކެއް ކަމަށް ވެސް އެ ސެންޓަރުން ވަނީ ބުނެފަ އެވެ.

ސްކޭމަރުން ކާމިޔާބުވަނީ މިފަދަ މައްސަލަތަކުގައި ހަނުހުރުމުން ކަމަށާއި، އެހެންކަމުން މިފަދަ މައްސަލަތައް އަވަހަށް ފުލުހުންނަށް ރިޕޯޓްކުރުމަށް ވަނީ އެދިފަ އެވެ.

މަކަރާއި ހީލަތުގެ މައްސަލަތައް ރިޕޯޓުކުރުމަށް ނޭޝަނަލް އެމަރޖެންސީ ކޯލް ސެންޓަރު 911 ނުވަތަ 125 (އެކްސްޓެންޝަން 2020) އަށް ގުޅުއްވައިގެން، ނުވަތަ [email protected] އަށް އީމެއިލް ކުރުމުން އެހީތެރިކަން ލިބޭނެ ކަމަށް ވެސް އެ ސެންޓަރުން ވަނީ ބުނެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު