ENGLISH
19 އޭޕްރީލު 2025
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އުވާލުމަށް އެ ޕާޓީގެ ސެނެޓުން މިއަދު ފާސްކޮށްފިއެވެ.
ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު ޕާޓީ އުވާލަން ނިންމީ އެ ޕާޓީން މިއަދު ބޭއްވި ސެެނެޓް ބައްދަލުވުމުގައި ބައިވެރިވި 42 ސެނެޓަރުންގެ އިއްތިފާގުންނެވެ. ފާސްވާން ބޭނުން ވަނީ 38 މެންބަރުންގެ ވޯޓެވެ.
އޮކްޓޯބަރު 27، 2011 ގައި ރަޖިސްޓްރީ ކުރި ޕާޓީ އުވާލަން ފާސްކުރީ އެ ޕާޓީގެ ދެ ނައިބު ރައީސުން ކަމަށްވާ އަހުމަދު ޝިޔާމާއި މުހައްމަދު ޣައްސާން މައުމޫން ރިޔާސަތު ބެހެލެއްޓެވި ބައްދަލުވުމުގައެވެ. ޕާޓީ އުވާލަން ނިންމިއިރު އެ ޕާޓީގެ ދަފްތަރުގައި 34،698 މެންބަރުން ތިބި ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުން ދައްކައެވެ.
ޕީޕީއެމް އުވާލަން މި ނިންމީ އޮކްޓޫބަރު 17 ގައި ބޭއްވި ސެނެޓަރުންގެ ބައްދަލުވުމުގައި ޕާޓީ އުވާލަން ފަސޭހަ ކުރުމުގެ ގޮތުން އަސާސީ ގަވާއިދަށް ބަދަލުތަކެއް ގެނައުމަށް ފަހުއެވެ.
ސިޔާސީ ޕާޓީއެއް އުވައިލާތާ ފަސް އަހަރުގެ ތެރޭގައި އެ ޕާޓީއެއްގެ ކުލަ އާއި ނިޝާން ބޭނުން ނުކުރެވޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް މަޖިލީހުން ދާދި ފަހުން ވަނީ އިސްލާހެއް ގެނެސްފައެވެ.