ENGLISH

10 ޑިސެމްބަރު 2025

Advertisement

އެސްއީޒެޑަށް 790 މިލިއަން ޑޮލަރަށްވުރެ ބޮޑު އިންވެސްޓްމެންޓެއް، ދައްކުވައިދެނީ ރައީސްގެ އިޤްތިސާދީ ތަސައްވުރު

09 ޑިސެމްބަރު 2025

|

އަޙުމަދު ޙަމީދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި މިނިސްޓަރު މުޙައްމަދު ސައީދު

ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ޤާނޫނުގެ ދަށުން 790 މިލިއަން ޑޮލަރަށް ވުރެ ބޮޑު އިންވެސްޓްމެންޓަކަށް ހުއްދަ ދީފައިވާއިރު މިއީ ޤައުމީ ތަރައްޤީގައި އުޅުނު މުހިންމު އެހާމެ ބޮޑު ފިޔަވަޅެއް ކަަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު މިރޭ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

އެސްއީޒެޑް ޤާނޫނުގެ ދަށުން 790 މިލިއަން ޑޮލަރަށް ވުރެ ބޮޑު އިންވެސްޓްމެންޓަކަށް ހުއްދަ ދީފައިވާކަން ހާމަކޮށް އިކޮނޮމިކް މިނިސްޓްރީން ބަޔާނެއް އާންމުކޮށް ކޮށްފައިވާ ޕޯސްޓް ރި-ޕޯސްޓް ކުރައްވާ މިނިސްޓަރު ސަޢީދު ވިދާޅުވީ ސްޕެޝަލް އިކޮނޮމިކް ޒޯން ގާނޫނުގެ ދަށުން ދެމެހެއްޓެނިވި ޓައުންޝިޕް ޑިވެލޮޕްމަންޓެއްގެ ފުރަތަމަ ހުއްދަ ދިވެހި ސަރުކާރުން ދޫކޮށްފައިވާ ކަމަށެވެ. މިއީ ގައުމީ ތަރައްޤީގެ ކުރިއެރުމަށް އެޅުނު މުހިންމު އެހާމެ ބޮޑު ފިޔަވަޅެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މި ބޮޑު ކާމިޔާބީން ދައްކުވައިދެނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިޤްތިސާދީ ސިޔާސަތުގެ ހަޤީޤީ ތަސައްވުރު ކަމަށް ވިދާޅުވި އެވެ. 

ނ. އަތޮޅުގައި ޓައުންޝިޕް ޕްރޮޖެކްޓުތަކަށް ފުރުސަތު ދެއްވާފައިވާކަން ފުރަތަމަ އިއުލާނު ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ. އެއީ އެމަނިކުފާނުގެ ސަރުކާރަށް ދެ އަހަރުފުރުން ފާހަގަކުރުމަށް މި އަހަރު ބޭއްވި "ރައްޔިތުންނާއެކު ކުރިޔަށް - ހަފްތާ 104" ބައްދަލްވުމުގަ އެވެ.

އެމަނިކުފާނު އިއުލާނު ކުރައްވާފައިވާ ފަދައިން ނ. އަތޮޅުގައި އެ މަޝްރޫޢު ކުރިއަށް ގެންދެވުމަށެވެ. ސްޕެޝަލް އިކޮނޮމިކް ޒޯނުތަކުގައި މީހުން އާބާދުވެ ދިރިއުޅޭ ގޮތަށް "ޓައުންޝިޕް" އުފެއްދޭނެހެން އެސްއީޒެޑްގެ ގާނޫނަށް އިސްލާހު ގެނެސްފައިވަނީ ދާދި ފަހުންނެވެ. 

ސަސްޓެއިނަބަލް ޓައުންޝިޕުގެ ގޮތުގައި ތަރައްގީކުރާ ސަރަހައްދުތަކުގައި އިންޓަގްރޭޓެޑް ޓޫރިޒަމް މަޝްރޫއުތަކާއި ރިއަލް އެސެޓޭޓް މަޝްރޫއުތައް ހިންގޭނެއެވެ. ޓައުންޝިޕެއް އުފެއްދޭނީ މަދުވެގެން 500 މިލިއަން ޑޮލަރު އިންވެސްޓުކޮށްގެންނެވެ. އަދި އެ ސަރަހައްދުގައި ބައިނަލްއަގުވާމީ ފެންވަރުގެ ސިއްހީ ހިދުމަތް ދޭ ތަނެއް ހުރުމާއެކު، އެ ސަރަހައްދަށް ބޭނުންވާ ހަކަތައިގެ 60 އިންސައްތަ އުފައްދަންޖެހޭނީ އިއާދަކުރަނިވި ހަކަތައިންނެވެ.

ކިޔުންތެރިންގެ ހިޔާލު