ENGLISH

11 ޑިސެމްބަރު 2025

Advertisement

ބޭސް ކުންފުނީގެ ޗެއާޕާސަންގެ މަގާމަށް ޙަލީމް, ބީސީސީގެ ޗެއާޕާސަނަކަށް ޝަހީދު

09 ޑިސެމްބަރު 2025

|

އަޙުމަދު ޙަމީދު

ހަލީމް އަދި ޝަހީދު

ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރޕަރސަންގެ މަޤާމަށާއި ‏ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރޕަރސަންގެ މަޤާމަށް މިއަދު ބޭފުޅަކު ހަމަޖައްސަވައިފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިއަދު ބުނީ ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރޕަރސަންގެ މަޤާމަށާއި ‏ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރޕަރސަންގެ މަޤާމަށް ބޭފުޅުން ހަމަޖައްސަވާފައިވާ ކަމަށެވެ.

އެގޮތުން ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރޕަރސަންގެ މަޤާމަށް އައްޔަނު ކުރައްވާފައިވަނީ މ. ރަނިކަ، އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް އެވެ. އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމަކީ މާލެސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އެވެ.

‏ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރޕަރސަންގެ މަޤާމަށް، އައްޔަނު ކުރައްވާފައިވަނީ ގއ.ވިލިނގިލި، ވައިޖެހޭގެ، އަލްފާޟިލް ޝަހީދު މުޙައްމަދު ވަނީ އައްޔަނުކޮށްފައެވެ.

‏އައިލެންޑް އޭވިއޭޝަންގެ ބޯޑަށް މެންބަރަކު އައްޔަނުކުރުން 

‏ޕީސީބީން މިއަދު ބުނީ އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް ޑިރެކްޓަރުންގެ ބޯޑުގެ ނޮން-އެގްޒެކްޓިވް މެންބަރުކަމުގެ މަޤާމަށް، ވެސް ބޭފުޅަކު އައްޔަނު ކުރައްވާފައިވާ ކަމަށެވެ.

އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް ޑިރެކްޓަރުންގެ ބޯޑުގެ ނޮން-އެގްޒެކްޓިވް މެންބަރުކަމުގެ މަޤާމަށް، އައްޔަނު ކުރައްވާފައި ވަނީ އއ.ރަސްދޫ، ފުނަމާލެ، އަޙްމަދު ޝާކިރު އެވެ.

ކިޔުންތެރިންގެ ހިޔާލު