ENGLISH

11 ޑިސެމްބަރު 2025

Advertisement

އެމެރިކާގެ ސަފީރުއާ، މިނިސްޓަރ ސައީދު ބައްދަލު ކުރައްވައިފި

09 ޑިސެމްބަރު 2025

|

މަރިޔަމް ލީމް

އެމެރިކާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ހޫގޯ ޔޮން، އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދުގެ އަރިހަށް ވަދާއީ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ވަޒީރު ވަނީ އެމެރިކާގެ ވަރުގަދަ ބްރޭންޑްތައް ދިވެހިރާއްޖެއަށް ތަޢާރަފްކުރަން ނިންމާފައިވާކަން ފާހަގަކުރައްވައިފައެވެ.

ވަޒީރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި އެމެރިކާއާއި ރާއްޖޭގެ ގުޅުންތައް އިތުރަށް ހަރުދަނާވަމުން އަންނަ ކަމަށް ވިދާޅުވެފައެވެ. އަދި ހަމައެހެންމެ ވަޒީރު ވަނީ ރާއްޖޭގެ އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުންތައް ވަރުގަދަ ކުރެއްވުމުގައި ބުރަ މަސައްކަތްތަކެއް ރައީސް ކުރައްވަމުންދާކަން ފާހަގަކުރައްވައި، އެ މަސައްކަތްތަކަށް ޚާއްސަ ޝުކުރެއް އަދާކޮށްފައެވެ.

ރާއްޖެއަށް ތަޢާރަފް ކުރަމުންދާ ބްރޭންޑްތަކަށް އަލިއަޅުވާލައި ވަޒީރު ވިދާޅުވީ، މީގެ ތެރޭގައި ގޫގުލް އިން ދާދި ފަހުން ކުރި އިންވެސްޓްމަންޓުގެ އިތުރުން ޕޭޕާލްގެ ޚިދުމަތްތައް ވެސް ހިމެނޭ ކަމަށް ވިދާޅުވެފައެވެ.

މި މަސައްކަތްތަކަކީ ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމާއި އެމަނިކުފާނުގެ ވައުދުތަކުގެ ދަށުން ކުރަމުންދާ މަސައްކަތްތަކެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވަނީ 2024 ވަނަ އަހަރު ޓްރޭޑް އެންޑް އިންވެސްޓްމަންޓް ފްރޭމްވޯކް އެގްރީމަންޓްގެ ދަށުން މަސައްކަތްތައް ކުރިއަރުވައި، ރާއްޖޭގައި އެމެރިކަން ޗެމްބަރ އޮފް ކޮމާސް އުފެއްދުމަށް އިތުރު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު