ENGLISH
11 ޑިސެމްބަރު 2025
މާއުނގޫދޫ ސިއްހީ މަރުކަޒުގެ ތަނބުތަކުގެ މަސައްކަތް ކުރިއަށް
09 ޑިސެމްބަރު 2025
|
މާއުނގޫދޫ ސިއްހީ މަރުކަޒު ތަރައްޤީކުރުމުގެ ތެރެއިން--ފޮޓޯ:އެމްޓީސީސީ
ށ. މާއުނގޫދޫ ސިއްހީ މަރުކަރުގެ އާ އިމާރަތުގެ ފައުންޑޭޝަން މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.
އެމްޓީސީސީން ބުނީ ލީން ކޮންކްރީޓް މަސައްކަތް ނިމި ތަނބުތަކުގެ ކޮންކްރީޓް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މާއުނގޫދޫ ސިއްހީ މަރުކަޒަކީ 24 ގަޑިއިރު ހިދުމަތްދޭ މަރުކަޒަކަށް ހެދުމަށް ގަސްދުކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވީ، މިއަހަރު އޮކްޓޫބަރު މަހު މާއުނގޫދޫއަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
މި މަޝްރޫއު އެމްޓިސީސީއާ ހަވަލުކޮށްފައިވަނީ 360 ދުވަސްތެރޭ ނިންމާގޮތަށް 27 މިލިއަން ރުފިޔާއަ ށެވެ.
ބާރަ ސަތޭކައެއްހާ މީހުންގެ އާބާދީއެއް ދިރިއުޅޭ މާއުނގޫދޫގައި ހެލްތު ސެންޓަރު ތަރައްގީ ވެގެން ދިއުމާއެކު އެރަށުގެ ރައްޔިތުންނަށް ބޮޑެތި ފައިދާތަކެއް ވާނެ ކަމަށާއި، މިހާރަށް ވުރެ ފުރިހަމަ ސިއްހީ ހިދުމަތެއް ރަށުގެ ރައްޔިތުންނަށް ލިބިގެންދާނެ އެވެ.